ބަރަހަނާ ހާލުގައި ހުރެގެން އިސްލާމީ މަރުކަޒަށް ވަތް ބަންގްލަދޭޝް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިރޭ 8:29 އެހާކަށް ހާއިރެވެ. ފުލުހުން ދަނީ މިކަމާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންކަމަށް ފުލުހުން މައުލޫމާތުދެއެވެ. މިފަހަކަށް އައިސް ދިވެހިރާއްޖޭގައި ބިދޭސީން ކުރާ ކުށްތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ.
މިގޮތުން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އިންޑިއާ ރައްޔިތަކު ވަނީ ހުޅުމާލޭގެ މިސްކިތަކަށްވަދެ، މިސްކިތުގައި ހުރި ދުވަސްވީ މީހަކަށް ހަމަލާދީފައެވެ. ފުލުހުން ވަނީ އެމީހާ ހައްޔަރުކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅު މަސްތުގެ ހާލަތުގައި ހުރި އިންޑިއާ ޑޮކްޓަރަކު ވަނީ އިސްލާމްދީނާއި މާތްﷲ އަށް ފުރައްސާރަކޮށް ހަޑިހުތުރު ބަހުން ވާހަކަ ދައްކާފައެވެ. އެމީހާގެ މައްޗަށް ދައުވާ ނުކޮށް ސަރުކާރުން ވަނީ އޭނާ ފުރުވާލާފައެވެ.
ފާއިތުވި އަހަރު ދިވެހި ރާއްޖޭގައި މަސައްކަތްކުރުމަށް 5000 އަށްވުރެ ގިނަ އިންޑިއާ މީހުންނަށް ވޯކް ވިސާ ދީފައިވާކަން ފާހަގަކުރެވެއެވެ.