Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

ރައީސް ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލު ކުރަންޖެހޭ: ފަނޑިޔާރު ޝަހީދު

ރައީސް ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލު ކުރަންޖެހޭކަމަށް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު ޝަހީދު ވިދާޅުވެއްޖެއެވެ.

މި މައްސަލާގައި ފަނޑިޔާރު ޝަހީދުގެ ރައުޔު އިއްވަމުން ޝަހީދު ވަނީ އެ ހުކުމް ބާތިލު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ. މިގޮތުން ދައުލަތުން ދައުވާ ކުރުމުގައިއާއި، ދަށުކޯޓުން ޝަރީއަތް ކުރިއަށް ގެންދިޔުމުގައިވެސް އިޖުރާއުތަކާއި ހިލާފަށް ގިނަކަންކަން ކޮށްފައިވާކަމަށް ފަނޑިޔާރު ޝަހީދު ވިދާޅުވިއެވެ.

އަދި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި 1 މިލިއަން ޑޮލަރުގެ މައްސަލާގައި، ރައީސް ޔާމީން އަމަލުކުރެއްވި ގޮތުން، އެކަމުގައި ނުބައި ނިޔަތެއް ނެތްކަން އެނގޭކަމަށް ފަނޑިޔާރު ހުސެއިން ޝަހީދު ވިދާޅުވިއެވެ. މިގޮތުން ޝަހީދު ވިދާޅުވީ ރައީސް ޔާމީން އަމިއްލައަށް އެދިވަޑައިގެން އެސްކްރޯ އެކައުންޓެއް އުފައްދައި އެ އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކުރެއްވުމަށް އިސް ނެންގެވުމުން އެމަނިކުފާނުގެ ކިބައިގައި ނުބައި ނިޔަތެއް ނެތްކަން އެނގޭކަމަށެވެ.

ހަމައެހެންމެ އެސްކްރޯ އެކައުންޓާ ގުޅޭ މަޝްވަރާތަކުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެދިފައިވަނީ ބޭނުންވެއްޖެ ހާލަތެއްގައި ދައުލަތަށް ނެގޭ ގޮތަށް 1 މިލިއަން ޑޮލަރު ބަހައްޓަން ކަން އެއިރު އޭސީސީގެ ނައިބުރައީސްގެ މަޤާމުގައި ހުންނެވި މުއައްވިޒު ރަޝީދުގެ ހެކި ބަހުން އެނގޭ ކަމަށް ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، އަބްދުﷲ ޒިޔަތަކީ ފާސިޤުން ކަމުގައި ބެލެވޭނެ ކަމަށާއި އެހެން ކަމުން އެ ދެމީހުންގެ ހެކި ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާކަމަށާއި އެހެން ކަމުން ރައީސް ޔާމީނާއި ދެކޮޅަށް އެ ދެމީހުންގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ޝަހީދު ވިދާޅުވިއެވެ. މީގެ އިތުރުން ޝަހީދު ވިދާޅުވީ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ޢާއިލާއަށް ބޮޑު ގެއްލުމެއް ދިނުމަށް އުޅުމުގެ ކުށް ސާބިތުވި މީހެއް ކަމުގައިވާތީ އޭނާގެ ހެކިބަހަކީ ޢަދާވާތްތެރިކަން އޮތް ފަރާތެއް ދޭ ހެކިބަހެއް ކަމުގައިވާތީ ރައީސް ޔާމީނާ ދެކޮޅަށް އަދީބުގެ ހެކި ބަސް ބޭނުންނުކުރެވޭނެކަމަށެވެ.

އަދި މީގެ އިތުރުން އަޙްމަދު އަދީބާއި ޢަބްދުﷲ ޒިޔަތުގެ ހެކިބަހަށް ކުރިމިނަލް ކޯޓުން ހެކިބަސް ދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުމާ ޚިލާފަށް ކަމުގައި ފަނޑިޔާރު ޙުސައިން ޝަހީދު ވިދާޅުވިއެވެ. ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުގައި ހުކުމް އިއްވުމުގައި އަދީބާއި ޒިޔަތުގެ ހެކިބަހަށް ބުރަދަން ދޭނެ އެކަށީގެންވާ ބައްޔިނާއެއް ނުވަތަ އިތުރު ހެއްކެއް މި މައްސަލާގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ފެންނަން ނެތް ކަމަށް ޝަހީދު ފާހަގަކުރެއްވިއެވެ.

ފަނޑިޔާރު ޝަހީދުގެ ރައުޔު އަނެއް ދެ ފަނޑިޔާރުންނާއި ތަފާތުވިނަމަވެސް، ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ވަނީ ދަށު ކޯޓުގެ ހުކުމް ދަމަހައްޓާފައެވެ.

މި ލިއުމާއި ގުޅޭ