Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޢިރާޤު

ބަޣުދާދުގައި ބޮމެއް ގޮވައި 28 މީހުން މަރުވެއްޖެ

އިރާޤުގެ ވެރިރަށް ބަޣުދާދުގެ މެދުތެރޭ ހިސާބެއްގައި ދިން ޖާނުން ފިދާވުމުގެ ދެ ހަމަލާއެއްގައި 28 މީހުން މަރުވެ 73 މީހުން ޒަހަމްވެއްޖެއެވެ.
މިއީ ޒަމާންތަކަކަށްފަހު މިފަދަ ހަމަލާއެއް ބަޣުދާދުގައި ދެވުނު ފުރަތަމަ ފަހަރެވެ. އިރާޤުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި އެ ހަމަލާ އަމާޒުވީ ބަޣުދާދުގެ ބާބް އަލް ޝަރްޖީ ސަރަހައްދުގެ ބާޒާރަކަށެވެ. މިހާތަނަށް 28 މީހުން މަރުވިއިރު އަދިވެސް އިތުރު ބަޔަކު މަރުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް ސިއްހީ އޮފިޝަލުންނާއި ހަވާލާދީ އިރާޤުގެ މީޑިއާތަކުން ބުނެފައިވެއެވެ.
ޖާނުން ފިދާވެ ހަމަލާ ދިން މީހުން އެމީހުންގެ ހަށިގަނޑުގައި ހަރުކޮށްފައި ހުރި ގޮވާތަކެތި ގޮއްވާލާފައިވަނީ އިރާޤުގެ ސަލާމަތީ ބާރުތަކުން އެމީހުން ހައްޔަރުކުރަން މަސައްކަތްކުރުމުންނެވެ.
ބޮން ގޮވި ސަރަހައްދުގެ ހާލަތު މިހާރު ހަމައަކަށް އެޅިފައިވާއިރު، މިފަދަ ހަމަލާތަށް ބަޣުދާދުގައި މިހާރު ވަރަށް މަދެވެ.
މި ލިއުމާއި ގުޅޭ