Sunday 7th Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިސޯޓު

މާލެ އަތޮޅުން ރިސޯޓު ތަރައްޤީކުރަން ދޫކުރި ފަޅެއް ވިއްކާލައިފި

މާލެ އަތޮޅުން ރިސޯޓު ތަރައްޤީކުރުމުގެ ބޭނުމަށް ކުރީ ސަރުކާރުން ދޫކޮށްފައިވާ ފަޅެއް، އެ ފަޅު ކުއްޔަށް ނެގި ފަރާތުން ވިއްކާލައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި ރިސޯޓު ތަރައްޤީކުރުމަށް މާލެ އަތޮޅުން ކުއްޔަށް ދީފައިވާ ފަޅެއް، ކުއްޔަށް ހިފި ފަރާތަށް އެ ފަޅު ކުއްޔަށް ދޫކުރި ލީސް އެގްރީމެންޓުގެ ދަށުން ލިބިފައިވާ ހުރިހާ ޙައްޤުތަކެއް އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރަން ހުށަހަޅާފައިވާ ކަމަށެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިންވަނީ އެ ފަޅުގެ ޖިއޮގްރަފިކަލް ކޯޑިނޭޓްސް ހާމަކޮށް އެ ފަޅާ ގުޅިގެން ދަރަންޏެއް ނުވަތަ މައްސަލައެއް އެއްވެސް ފަރާތެއް ހުރިނަމަ އެކަން އެ މިނިސްޓްރީއާ ހިއްސާކުރުމަށް އެދިފައެވެ.
މި ފަޅަކީ އަމްބަރާ ޕްރޮޕަޓީ ނަމަކަށް ކިޔާ ކުންފުންޏަކަށް ކުއްޔަށް ދޫކުރި ފަޅެކެވެ. ނަމަވެސް އެ ފަޅު ފަހުން ގަނެފައިވަނީ ކޮން ފަރާތަކުން ކަމެއް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވެބްސައިޓުން އެނގެން ނެތެވެ. މި ފަޅަކީ ދިއްފުއްޓާއި ސަންގެލި ރިސޯޓާ ދެމުގައި އޮންނަ ފަޅެކެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި މާލެ އަތޮޅުން 30 ފަޅު ރިސޯޓު ތަރައްޤީކުރުމަށް ދޫކުރިއެވެ. އެތަންތަނުގައި އެތައް ބިލިއަން ޑޮލަރެއްގެ މަޝްރޫޢު ކުރިއަށް އެބަދެއެވެ. އެގޮތުން އެނބޫދޫ ފަޅު ހިއްކައިގެން އެތަނުގައި ތައިލެންޑުގެ ސިންހަ ކުންފުނިން ތަރައްޤީކުރި ކްރޮސްރޯޑްސްއަކީ މިހާތަނަށް މި ގޮތަށް ތަރައްޤީކުރެވުނު އެންމެ ބޮޑު އެއް ރިސޯޓެވެ.
އަދި މެދުއިރުމަތީގެ މަހުޖަނަކާއި ކޮންސްޓްރަކްޝަން ދާއިރާގައި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ވިޔަފާރިވެރިޔާ މުޙައްމަދި ޢަލީ ޖަނާޙު ގުޅިވަޑައިގެން ތަރައްޤީކުރެއްވި ވޮލްފޯޑް އެސްޓޯރިއާ އިތާފުށި މޯލްޑިވްސްއަކީވެސް އެއިރު ދޫކުރި ފަޅެއްގައި ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ.
މި ލިއުމާއި ގުޅޭ