Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންޗެސްޓާ ސިޓީ

އެސްޓަން ވިލާ ބަލިކޮށް މެންޗެސްޓާ ސިޓީއަށް ޖެހިޖެހިގެން 6 ވަނަ މޮޅު

ރޭ މެންޗެސްޓާ ސިޓީއާއި އެސްޓަން ވިލާ ބައްދަލުކުރި މެޗަކީ ނޭވާ ހިފަހައްޓައިލަން މަޖުބޫރުކުރުވި މެޗެކެވެ. ދެ ޓީމުންވެސް ގިނަ ފުރުޞަތުތަކެއް އުފެއްދި މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސިޓީއެވެ.
ރޭގެ މެޗުގައި މެންޗަސްޓާ ސިޓީގެ ގޯލުތައް ކާމިޔާބުކޮށްދިނީ މޮޓާ ބާނާޑޯ ސިލްވާއާއި އިލްކޭ ގުންޑޯގަންއެވެ. ސިލްވާ ސިޓީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 79 ވަނަ މިނިޓުގައެވެ.
މި ގޯލާއެކު އެސްޓަން ވިލާގެ ގިނަ ކުޅުންތެރިންނާއި ކޯޗު ޝަކުވާކުރިއެވެ. އެސްޓަން ވިލާ ކުޅުންތެރިއެއް އަތުން ބޯޅަ އަތުލައިގެން މި ގޯލު އުފައްދައިދިނީ ރޮޑްރީއެވެ. އެސްޓަން ވިލާގެ ކޯޗު މެޗަށް ފަހުގައިވެސް ބުނެފައިވަނީ ރޮޑްރީ ހުރީ އޮފްސައިޑުގައި ކަމަށެވެ. ނަމަވެސް ރެފްރީ ޖޮނަތާން މޮސް ނިންމީ އެއީ އޮފްސައިޑެއް ނޫން ކަމަށެވެ.
ވިލާގެ ކޯޗު ޑީން ސްމިތުގެ ފާޑުކިޔުންތަކާއި ރުޅީގެ ސަބަބުން އެންމެ ފަހުން ކޯޗަށް ރަތް ކާޑެއް ދައްކައި ދަނޑުން އޭނާ ފޮނުވައިލަން ޖެހުނެވެ.
ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ގުންޑޯގަން މެޗުގެ އެންމެ ފަހު މިނިޓުގައެވެ. އެއީ އެސްޓަން ވިލާގެ ދިފާޢީ ކުޅުންތެރިޔަކު ހެދި ގޯހަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްދީގެންނެވެ.
މި ލިއުމާއި ގުޅޭ