Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންޗެސްޓާ ޔުނައިޓެޑް

ފުލްހަމްގެ މައްޗަށް މެންޗެސްޓާ ޔުނައިޓެޑުން ހޯދި މޮޅާއެކު ޕޮގްބާއަށް ކޯޗުގެ ހާސް ތައުރީފު

ޕްރިމިއާ ލީގުގެ އެއްވަނަ ޖާގައަށް މެންޗެސްޓާ ޔުނައިޓެޑް ގެންގޮސްދީ ފުލްހަމާއަތުން 2-1 ގެ ނަތީޖާއަކުން ޔުނައިޓެޑު މޮޅުކޮށްދިނުމާއެކު ކޯޗު އޯލް ގުނާ ސޯލްޝްޖާގެ ހިފަހެއްޓުމެއް ނެތް ތައުރީފު ލިބުނީ އެ ޓީމުގެ މެދުތެރެއަށް ކުޅޭ ފަރަންސޭސި ތަރި ޕައުލް ޕޮގްބާއަށެވެ.
ރޭގެ މެޗުގައި ފުލްހާމް ކޮޅަށް ޕޮގްބާގެ ވާތު ފައިން ފޮނުވައިލި ރީތި ގޯލާއެކު ޕޮގްބާއަކީ މެންޗެސްޓާ ޔުނައިޓެޑަށް ހައްލެއް ކަން ސާބިތުވިއެވެ. އެ ގޯލަކީ ރޭ ޔުނައިޓެޑަށް 1 ލަނޑުގެ ތަފާތުން މެޗު ކާމިޔާބުވި ސަބަބެވެ.
ސޯލްޝްޖާ ބުނެފައިވަނީ ޕޮގްބާ މިހާރު ހުރީ އެންމެ ފުރިހަމަ ފޯމުގައި ކަމަށެވެ. އަދި އޭނާ މިހާރު ފުޓުބޯޅަ ކުޅެނީ ފުޓުބޯޅައިން ހިތްހަމަޖެހުން ލިބިގެންކަމަށްވެސް ކޯޗު ބުންޏެވެ. އަދި ޕޮގްބާގެ ގޯލުގެ ފުރިހަމަކަމަށްވެސް ކޯޗު ތައާރަފުކުރިއެވެ.
އޭގެ އިތުރަށް ކޯޗު ފާހަގަކުރީ ޕޮގްބާއަކީ ހުރިހާ ދިމާލަކަށް ކުޅެވޭނެ ހުރިހާ ކަމެއް ކުރުމުގެ ޤާބިލުކަންހުރި ހުނަރުވެރިއެއް ކަމެވެ. އެގޮތުން މެދުތެރެއިންނާއި ފަޅިއަކުންނާއި ކުރިއަށް ޖެހިގެންވެސް ނުރައްކާތެރި ކުޅުންތައް ކުޅުމަކީ ޕޮގްބާއަށް ބޮޑުކަމެއް ނޫން ކަމުގައި ކޯޗު ފާހަގަކުރިއެވެ.
މި ވަގުތު ތާވަލަށް ބަލާއިރު މެންޗެސްޓާ ސިޓީއާއި ލެއިސެސްޓާއާއި ޔުނައިޓެޑުގެ މެދުގައި އޮތީ އެންމެ 2 ޕޮއިންޓުގެ ފަރަޤެކެވެ. ލިވަޕޫލާއި އެ ޓީމުގެ މެދުގައި އޮތީ 6 ޕޮއިންޓުގެ ތަފާތެކެވެ.
މި ލިއުމާއި ގުޅޭ