Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖޯ ބައިޑަން

އެމެރިކާގެ ރައީސް ކަމުގެ ހުވާ ޖޯ ބައިޑެން ކުރައްވައިފި

އެމެރިކާގެ ރައީސް ކަމުގެ ހުވާ ޖޯ ބައިޑެން ކުރައްވައިފިއެވެ.
ބައިޑެން ހުވާ ކުރައްވާފައިވަނީ ދާދި ދެންމެއަކު ބޭއްވި ރަސްމިއްޔާތެއްގައެވެ. ބައިޑެން އަކީ އެމެރިކާގެ 46 ވަނަ ރައީސްއެވެ. މީގެ ކުރިން ބައިޑެން ވަނީ އެމެރިކާގެ 44 ވަނަ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ދެ ދައުރުގައި ނައީބު ރައީސްކަން ކުރައްވާފައެވެ. އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ބައިޑެން ހުންނެވީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައެވެ.
ބައިޑެން އާއި އެކު އެމެރިކާގެ އާ ނައިބު ރައީސް ކަމަލާ ހެރިސްވެސް ވަނީ މަޤާމުގެ ހުވާ ކުރައްވާފައެވެ. ކަމާލާ ހެރިސް އަކީ އެމެރިކާގެ ފުރަތަމަ އަންހެން ނައިބު ރައީސްއެވެ.
ބައިޑެން ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވިއިރު އެމެރިކާގެ ވޮޝިންޓަނުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ވަރުގަދަކޮށްފައެވެ. މިގޮތުން ސަލާމަތީ ބާރުތަކަށް ނިސްބަތްވާ 25،000 އަށްވުރެ ގިނަ ފަރާތްތަކުން ދަނީ ވޮޝިންޓަނުގެ ސެކިއުރިޓީ ބަލަހައްޓަމުންނެވެ. ބައިޑެން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ދެކަނބަލުންނާއި، ރައީސް ބިލް ކްލިންޓަންގެ ދެކަނބަލުން އަދި ބަރަކް އޮބާމާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ލިއުމާއި ގުޅޭ