Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަރަންސޭސިވިލާތް

ފްރާންސުން އަލްޖީރިއާގައި ހިންގި އިންސާނިއްޔަތާއި ހިލާފު ޖަރީމާތަކަށް މާފަށް ނޭދެން މެކްރޮން ނިންމައިފި

ފަރަންސޭސި ވިލާތުން އަލްޖީރިއާ އިސްތިއުމާރުކޮށްގެން ތިބި ދުވަސްވަރު އެ ޤައުމުގައި ހިންގި އިންސާނިއްޔަތާއި ހިލާފު ޖަރީމާތަކަށް މާފަށް ނޭދެން އެ ޤައުމުގެ ރައީސް އިމެނުއަލް މެކްރޮން ނިންމަވައިފިއެވެ.
މެކްރޮންގެ އޮފީހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، އަލްޖީރިއާގެ މިނިވަންކަން ހޯދުމަށް އެ ޤައުމާއި ފަރަންސޭސި އިސްތިއުމާރީ ސިފައިންނާއި ދެމެދު 8 އަހަރު ވަންދެން ކުރެވުނު ހަނގުރާމާގައި ހިނގި ޖަރީމާތަކަށް ފްރާންސުން މާފަށް ނޭދޭނެކަމަށެވެ. އެހެން ނަމަވެސް އޭގެ ބަދަލުގައި، އެ ހަނދާންތަކުން އަރައިގަންނަން ރަމްޒީ ބައެއް ކަންކަން ކުރައްވާނެ ކަމަށް މެކްރޮން ވިދާޅުވިއެވެ.
ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން މެކްރޮން ވަނީ ފްރާންސިން އަލްޖީރިއާގައި ހިންގި ކަންކަމަކީ އިންސާނިއްޔަތާއި ހިލާފު ކަންކަމުގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ފްރާންސިން އަލްޖީރިއާގައި މީހުންނަށް އަނިޔާކުރާ ނިޒާމެއް ޤާއިމްކޮށްގެން އުޅުނުކަމަށްވެސް މެކްރޮން ވަނީ އެއްބަސްވެ ވަޑައިގެންފައެވެ.
ފްރާންސުން އަލްޖީރިއާގައި 132 އަހަރު ވެރިކަންކުރިއެވެ.
1954 އަހަރުން 1962 ވަނަ އަހަރަށް ކުރިއަށްދިޔަ އަލްޖީރިއާގެ މިނިވަންކަމުގެ ހަނގުރާމާގައި ފްރާންސުން ވަނީ އަލްޖީރިއާގެ 1.5 މިލިއަން މީހުން މަރާލާފައެވެ.
މި ލިއުމާއި ގުޅޭ