Sunday 7th Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

ރައީސް ޔާމީނުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން ލައިވްކުރަނީ

ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ 5 އަހަދު ދުވަހުގެ ޖަލު ހުކުމް އެމަނިކުފާނު ހައިކޯޓުގައި އިސްތިއުނާފުކުރެއްވި މައްސަލައިގެ ހުކުމްކުރާ އަޑުއެހުން ލައިވްކުރާނެ ކަމަށް ހައިކޯޓުން ބުނެފިއެވެ.
ރައީސް ޔާމީނުގެ މައްޗަށް 5 އަހަރަށް ޖަލަށް ލުމަށާއި، 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން މި މައްސަލަ ކުޑަދުވަސްކޮޅެއް ފަހުން އިސްތިއުނާފުކޮށްފައިވެއެވެ.
ރައީސް ޔާމީނުގެ ފަރާތްޕުޅުން އިސްތިއުނާފީ ގިނަ ނުކުތާތަކެއް ފާހަގަކޮށް ހުށަހެޅި މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ފާއިތުވި އަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު ވަނީ ނިންމާފައެވެ. ނަމަވެސް އޭގެ ފަހުން ހުކުމް ކުރުމުގެ އަޑުއެހުން ލަސްވުމަށްފަހު މިހާރު އެ އަޑުއެހުން މާދަމާ ބާއްވާ ގޮތަށް ހަމަޖެހުނީ މި މަހުގެ 14 ވަނަ ދުވަހަށް ތާވަލުކުރުމަށް ފަހު އެއް ފަހަރު ލަސްކޮށްފައެވެ.
މި މައްސަލަ ބައްލަވާ ފަނޑިޔާރުންނަކީ ފަނޑިޔާރު ޙުސައިން މަޒީދާއި ފަނޑިޔާރު މުޙައްމަދު ނިޔާޒު އަދި ފަނޑިޔާރު ޙުސައިން ޝަހީދެވެ.
މި ލިއުމާއި ގުޅޭ