Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕްގެ ވަދާއީ މެސެޖު: ކޮންމެވެސް ގޮތަކަށް އެނބުރި އަންނާނަން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަސްމީކޮށް ވައިޓްހައުސް ދޫކުރައްވައި ވަޑައިގެންފިއެވެ.
ޓްރަމްޕް ވައިޓްހައުސް ދޫކުރައްވައި ވަޑައިގެނެވުމުގެ ކުރިން ވައިޓްހައުސްގެ ބޭރުގެ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ސަޕޯޓަރުންނާއި އާއިލާގެ ފަރާތްތަކާއި މުހާތަބުކޮށް ވާހަކަދައްކަވާފައެވެ. މިގޮތުން ދެއްކެވި ވާހަކަތަކުގައި ޓްރަމްޕް ވަނީ އޭނާގެ ވެރިކަމުގައި ގިނަ ގޮންޖެހުންތައް ކުރިމަތިވެވަޑައިގެންނެވިކަން ފާހަގަކޮށްފައެވެ. އަދި މީގެ 4 އަހަރުކުރިން ޓްރަމްޕް ވެރިކަމަށް ގެނައުމަށް އުފެދުނު ހަރަކާތުގެ މަސައްކަތް އަދި ފެށުނީ ކަމަށް ވިދާޅުވިއެވެ.
"އަހަރުމެން އަދި ކޮންމެވެސް ގޮތަކަށް އެނބުރި އަންނާނަން" ސަޕޯޓަރުންނާއި މުހާތަބުކޮށް އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން އެންމެ ފަހުން ދެއްވި ހިތާބުގައި ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެން މިއަދު މަޤާމުގެ ހުވާ ކުރައްވާއިރު ޓްރަމްޕް ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިނުވާން ނިންމަވާފައެވެ. އަދި އެއާފޯސް ވަން ގައި ޓްރަމްޕްވަނީ ފްލޮރިޑާގައި އޮންނަ އޭނާގެ ރިސޯޓަކަށް ވަޑައިގެންފައެވެ. ޓްރަމްޕް ދިރިއުޅުއްވަން ހަމަޖެހިފައިވަނީ ދެން އެތަނުގައި ކަމަށްވެއެވެ.
މި ލިއުމާއި ގުޅޭ