Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޞިއްޙަތު

ލޮވިސަން ކުންފުނީގެ އޫރުމަހު ސަލާމީ ފިޔަވައި އެހެން ސަލާމީ ބޭނުން ކުރުން އެންމެ ރަނގަޅު: އެމްއެފްޑީއޭ

ރާއްޖެއަށް އެތެރެކޮށްފައިވާ އިޓަލީ ވިލާތުގެ އެއްގަމު މަހުގެ ސަލާމީތަކުގެ ތެރެއިން ސެލްމޮނެއްލާ ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތީ އިޓަލީވިލާތުގެ ލޮވިސަން އެސްއާރްއެލް ކުންފިނުން އުފައްދާ އަދި ވަލްސާނާ އެސްއާރުއެލް ކުންފުނިން ހޯލްސޭލްކޮށްފައިވާ އޫރުމަހުގެ ސަލާމީއަށް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
އެ އޮތޯރިޓީއިން ހާމަކޮށްފައިވާ ގޮތުގައި ސެލްމޮނެއްލާ ޖަރާސީމު ހުރުމުގެ ފުރުސަތު ބޮޑު ސަލާމީގެ ލޮޓު ނަންބަރަކީ 14102020 އެވެ.
އެ ސަލާމީ ފިޔަވައި އިޓަލީ ވިލާތުގެ އެހެން ސަލާމީ ބޭނުންކުރުން އެންމެ ރަނގަޅު ކަމުގައި އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.
މިދިޔަ އާދީއްތަ ދުވަހު އެމްއެފްޑީއޭ އިން ވަނީ އެ އޮތޯރިޓީން ވަކިގޮތެއް އަންގަންދެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އިޓަލީ ވިލާތުގެ ކުކުޅާއި ޓާކީ ފިޔަވައި އެހެނިހެން އެއްގަމު މަހުގެ ސަލާމީ ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގާފައެވެ.
މި ލިއުމާއި ގުޅޭ