Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

އިންޑިޔާއަށާއި މޯދީއަށް ރައީސް ޝުކުރު އަދާކުރައްވައިފި

ކޮވިޑު-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުޑައިރުކޮޅެއްތެރޭ ރައްޔިތުންނާއި މުޚާތަބު ކުރައްވައިފިއެވެ.
ރައީސް ޞާލިޙު ދެއްވި ޚިޠާބުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ރާއްޖެއަށް ފާއިތުވި ދުވަސްތަކަކީ އުދަގޫ ދުވަސްތަކެއް ކަމެއް ކަމުގައެވެ. އަދި އެމަނިކުފާނުވަނީ ދެންވެސް އަތް ދޮވެ ސާފު ތާހިރުކޮށް ތިބުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރައްވާފައެވެ.
ރައީސްގެ ޚިޠާބުގައި އިތުރަށް ވިދާޅުވެފައިވަނީ ރާއްޖެއަށް އިންޑިޔާއިން ވެކްސިން ދިނުމަކީ ވަރަށް ދީލަތި އެހީއެއް ކަމުގައެވެ. އަދި އެ ދީލަތި އެހީއާ ގުޅިގެން އިންޑިޔާ ރައްޔިތުންނާއި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސްވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ޞާލިޙު އިތުރަށް ވިދާޅުވީ ދިވެހި ހުރިހާ ރައްޔިތުންނަށް ހިލޭ ވެކްސިން ލިބޭނެ ކަމަށެވެ. އަދި މިއަދަކީ 10 މަހަށް ދެމިގެން ދިޔަ ދަތި ދުވަސްތަކަށްފަހު ކޮވިޑް-19އިން އަރައިގަނެވޭނެ ކަމުގެ އުންމީދު އައުވާ ދުވަހެއް ކަމަށެވެ.
އަދި އޭގެ އިތުރަށް ރައީސް ފާހަގަކުރެއްވި ގޮތުގައި ދިވެހި ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ވެކްސިން ލިބޭނެ ކަމުގެ ޔަޤީންކަން ލިބިފައިވާ ކަމުގައެވެ.
މި ލިއުމާއި ގުޅޭ