Friday 26th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޤުރުއާން

ފޭސް އަލިގަދަ ތަރި ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ފޭސް އަލިގަދަ ތަރި ގުރުއާން މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

މިފަހަރުގެ ފޭސް އަލިގަދަ ތަރި ގުރުއާން މުބާރާތުގައި ފިޔޯރީ، ރަތަފަންދޫ އަދި ފަރެސްމާތޮޑާގެ ދަރިވަރުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މި މުބާރާތަކީ ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަމަންޓް (ފޭސް) ޖަމިއްޔާއިން ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ގުރްއާނަށް ލޯބި ޖައްސައި، ގުރްއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް ފެތުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.

ފޭސް ޖަމްއިއްޔާއިން ކޮންމެ އަހަރަކު ފިޔޯރީގައި ބާއްވަމުން އަންނަ ފޭސް އަލިގަދަ ތަރި ގުރްއާން މުބާރާތް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 05 ވަނަ ދުވަހުން ފެށިގެން މާޗް މަހުގެ 08 ވަނަ ދުވަހުގެ ނިޔަލަށް ގދ. ފިޔޯރީގައެވެ. މި މުބާރާތުގައި އެއް ވަނަ އަށް ހޮވޭ ދަރިވަރަކަށް 10،000 (ދިހަ ހާސް) ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައިވެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ދަރިވަރުން ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 14 ފެބުރުވަރީ 2021 ވާ އާދިއްތަ ދުވަހުގެ 15:00 އެވެ. މުބާރާތުގެ ގަވާއިދާއި މުގައްރަރު އަދި ބައިވެރިވާން އެދޭ ފޯމް ޖަމިއްޔާގެ ފޭސްބުކް ޕޭޖުން ލިބޭނެއެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު، ބަންދު ނޫން ދުވަސް ދުވަހުގެ މެންދުރު 13:30 ން ހަވީރު 15:30 އަށް ޖަމިއްޔާގެ ތަމްރީސުލް ގުރުއާން ކްލާހުންވެސް ލިބެން ހުންނާނެއެވެ. ފޭސް ޖަމިއްޔާއަކީ ފިޔޯރީގައި ޒުވާނުންނާއި ކުޑަކުދިން ބައިވެރިކޮށްގެން މަދަނީ އަދި އިޖުތިމާއީ މަސައްކަތްތަކުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ.

މި ލިއުމާއި ގުޅޭ