Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

މަގުބޫލު ކަން ހޯދަމުންދާ ކޮފީއެއް: ކޯލްޑް ބްރޫ

ފާއިތުވި 10 އަހަރު ތެރޭގައި ހަލުވިކަމާއެކު ދުނިޔޭގެ މަގުބޫލުކަން ހޯދަމުން އަންނަ އެއް ބުއިމަކީ ކޯލްޑް ބްރޫ ކޮފީއެވެ. ފިނި ކޮށް އަދި ހޫނުކޮށް ވެސް ބޯލެވޭ މި ބުއިމަށް ކޯލްޑް ބްރޫ އެވެ ކިޔާ ސަބަބަކީ މިކޮފީ ތައްޔާރު ކުރެވެނީ ފިނި ފެނުގައި ކަމުގައިވާތީއެވެ. މި ލިޔުމުގައި މި ބުއިމުގެ ތާރީހު، ބުއިން ތައްޔާރު ކުރާ ގޮތް އަދި އާދައިގެ ކޮފީ އާއި ހުރި ތަފާތުތަކަށް އަލި އަޅުވާލާނަމެވެ.

ތާރީހު ދައްކާ ގޮތުން މި ބުއިން އެންމެ ފުރަތަމަ އައިސްފައި ވަނީ ޖަޕާނުންނެވެ. 1600 އަހަރުތަކުގައި ވެސް ޖަޕާނުގައި ފިނި ފެނުގައި ކޮފީ ތައްޔާރު ކޮށްފައިވާ ކަން ތާރީހުން އެނގެއެވެ. ޖަޕާނުގެ ކިޔޯޓޯ ގައި މި ބުއިން މަގުބޫލު ވުމުން މި ބުއިމަށް ކިޔަނީ ކިޔޯޓޯ ސްޓައިލް ޖަޕަނީސް ކޮފީއެވެ.

ކޯލްޑް ބްރޫ އާއި އެހެން ކޮފީ އާ ހުރި އެންމެ ބޮޑު އެއް ތަފާތަކީ ކޮފީ ތައްޔާރުކުރަން ބޭނުން ކުރެވޭ ފެނުގެ ފިނި ހޫނުމިނެވެ. އާދައިގެ ކޮފީ ތައްޓެއް ތައްޔާރު ކުރާނަމަ ބޭނުން ކުރަނީ ހޫނު ފެނެވެ. އައިސް ކޮފީއެއް ކަމުގައިވީ ނަމަވެސް އެންމެ ފުރަތަމަ ކޮފީ ހޫނުފެނުގައި ކައްކާލާނެއެވެ. އޭގެ ފަހުން އައިސް އަޅައިގެން ފިނި ކުރަނީ އެވެ. ކޯލްޑް ބްރޫ ތައްޔާރު ކުރުމަށް ކޮފީ ބީންސް ރާޅުކޮށް މުގުރާލުމަށްފަހު އެއަށް ފިނި ފެން އަޅައި މަދުވެގެން 12 ގަޑި އިރު ބަހައްޓަނީ އެވެ. އެއަށް ފަހު ރަނގަޅަށް ކޮފީ ފުރާނާފައި ފްރިޖުގައި ރައްކާކުރެވޭނެއެވެ.

މިގޮތަށް ތައްޔާރު ކުރެވޭ ކޯލްޑް ބްރޫ ދެ ހަފްތާ ހަލާކުނުވެ ހުރެއެވެ. ހޫނުކޮށް ބޯލަން ބޭނުންވާނަމަ މައިކްރޯވޭވް ވެސް ކުރެވިދާނެއެވެ. އަދި ބޭނުން ނަމަ ކިރު ނުވަތަ އައިސްއަޅައިގެން ކޮފީގެ ރަހަ ހެޔޮވަރު ކުރެވިދާނެއެވެ. އޮފީސްތަކުގައި އުޅޭ ފަރާތްތަކަށް މި ބުއިން ކަމުދާ އެއް ސަބަބަކީ މި ބުއިން ތައްޔާރު ކުރަން ފަސޭހަވެފައި ގިނަ ދުވަހު ރައްކާކުރެވޭތީއެވެ. ކޮފީ ގިރަންދާ ވަގުތު ސަލާމަތްވެ އެ ފަރާތްތަކުގެ މަސައްކަތްތެރި ކަން އިތުރުވެއެވެ.

ކޮފީ ބުއިމަށް ލޯބި ކުރާ ރާއްޖޭގެ ގިނަ ޒުވާނުންގެ މެދުގައި ވެސް މި ބުއިމުގެ މަގުބޫލުކަން އަންނަނީ އިތުރުވަމުންނެވެ.

މި ލިއުމާއި ގުޅޭ