Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

އިންޑިޔާގެ ވެކްސިން އުފެއްދި ކުންފުނިން ބައެއް މީހުން އެ ވެކްސިން ނުޖަހަން އެދިއްޖެ

އިންޑިޔާގެ އަމިއްލަ ވެކްސިން އުފެއްދި ކުންފުނި ކަމުގައިވާ ބާރަތު ބައޯޓެކްއިން ބައެއް ފަރާތްތައް އެ ވެކްސިން ބޭނުންނުކުރުމަށް އިންޒާރުކޮށްފިއެވެ. އެގޮތުން ކުރިއްސުރެ ބައެއް ޞިއްޙީ ޙާލަތް ތަހައްމަލުކުރަމުންދާ މީހުންނާއި، ހުން އައިސްފައިވާ މީހުންނާއި ލޭ ފޭދޭ ބައްޔެއް ޖެހިފައިވާ މީހުން، އެ ވެކްސިން ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެ ކުންފުނިން އެދިފައިވެއެވެ. އަދި އެފަދަ ފަރާތްތަކަށް އިތުރު ގޮތެއް އޮވެއްޖެނަމަ ވެކްސިން ނުޖެހުމަށް އެ ކުންފުނިން އެދެއެވެ.
އޭގެ އިތުރަށް އެ ކުންފުނިން އަންގާރަދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން އުފެއްދި ކޯވެކްސިން ނެގުމުގެ ކުރިން އެ ވެކްސިން ޖަހާ މީހުންގެ ޞިއްޙީ ޙާލަތު ހާމަކުރަންޖެހޭނެ ކަމަށެވެ. އެގޮތުން އެއްވެސް އެލާޖީއެއް ހުރިނަމަ އެކަމާއި، އެއްވެސް ބޭހެއް ބޭނުންކުރާނަމަ، އެއީ ކޮން ބޭސްތަކެއްކަން ހާމަކުރަންވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަދި އެ ކުންފުނިން ބުނި ގޮތުގައި އެ ކުންފުނީގެ ވެކްސިނަށް އެލާޖިކްވާ ފަރާތްތަކުގެ ކިބައިން ފާޅުވާ އަލާމާތްތަކުގެ ތެރޭގައި ނޭވާލާން އުދަގޫވުމާއި، ކަރާއި މޫނު ދުޅަވުމާއި، ހިތު ވިންދު އަވަސްވުމާއި، ގައިން ފިތްނެގުމާއި ބޯ އެނބުރުމާއި، ވަރުދެރަވުން ފަދަ ކަންކަން ހިމެނެއެވެ.
އިންޑިޔާގެ ވެކްސިން އުފައްދާ ކުންފުނިން މި އިރުޝާދުތައް އާންމުކޮށްފައިވަނީ އިންޑިޔާ ސަރުކާރުން "ދުނިޔޭގެ އެންމެ ބޮޑު ވެކްސިން ޕްރޮގުރާމު"ގެ ގޮތުގައި ނަން ދީފައިވާ ޕްރޮގުރާމު ފެށިތާ 3 ދުވަސް ފަހުންނެވެ.
ބާރާތު ބައޯޓެކްގެ ވެކްސިނާމެދު ނުތަނަވަސްކަން އުފެދުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ އެ ވެކްސިނަށް އިންޑިޔާގެ ބޭސް ރެގިއުލޭޓުކުރާ އިދާރާއިން ހުއްދަދިނީ ކޮވިޑް-19އާ ދެކޮޅަށް އެ ވެކްސިނުން ނަތީޖާ ނެރެވޭ ކަން ކަށަވަރުވާފަދަ ބުރަދަންހުރި މައުލޫމާތެއް ނެތިއެވެ.
އަދި މިހާތަނަށްވެސް ބާރާތު ބައޯޓެކުން އެ ކުންފުނީގެ ވެކްސިނުގެ ރައްކާތެރިކަމާއި ނަތީޖާ ނެރުމުގެ ޤާބިލުކަމާ ގުޅޭ ތަފުސީލީ ޑާޓާ ހާމަކޮށްފައިނުވެއެވެ.
މި ލިއުމާއި ގުޅޭ