Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްސާން މައުމޫން

ދާއިރާގެ ޚާދިމަކަށްވުމީ ލިބޭ ފަޚުރެއް: ޣައްސާން

ރައްޔިތުން މަޖިލިހުގައި އެމަނިކުފާނު ތަމްސީލުކުރައްވާ ކޮޅުމަޑުލު ގުރައިދޫ ދާއިރާގެ ޚާދިމެއް ކަމުގައިވުމަކީ ލިބިވަޑައިގަންނަވާ ފަޚުރެއް ކަމުގައި އެ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިފަދައިން ވިދާޅުވީ، ގުރައިދޫގެ ޞިއްޙީ މަރުކަޒަށް ބޭނުންވާ ބައެއް ސާމާނު އެމަނިކުފާނު ހަދިޔާކުރެއްވުމާ ގުޅިގެން އެ ރަށު ކައުންސިލުގެ ނައިބުރައީ ނައުފަލް ޙަސަން ކުރެއްވި ޓުވީޓަކަށް ޖަވާބުދެއްވަމުންނެވެ. ނައުފަލްވަނީ މެންބަރު ފޮނުއްވި ތަކެތި ލިބިފައިވާ ކަމަށާއި އެ ތަކެތި ގުރައިދޫ ޞިއްޙީ މަރުކަޒާ ހަވާލުކޮށްފައިވާނެ ކަމުގައި ވިދާޅުވެފައެވެ.
ހަމައެހެންމެ ނައުފަލްވަނީ ގުރައިދޫގެ ހުރިހާ ރައްޔިތުންގެ ނަމުގައި ދާއިރާގެ މަޖިލިސް މެންބަރު ޣައްސާނަށް ޝުކުރު އަދާކުރައްވާފައެވެ.
ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ޙާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުގެ ޒިންމާއެއް، މަސްއޫލިއްޔަތެއް ކަމަށް ދެކެން
ޕީޕީއެމްގެ ނައިބުރައީސް އަދި ކޮޅުމަޑުލު ގުރައިދޫ ދާއިރާ މެންބަރު މުޙައްމަދު ޣައްސާން މައުމޫން
ނައުފަލުގެ ޓުވީޓާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޣައްސާން ވިދާޅުވީ، ދާއިރާގެ ރައްޔިތުންގެ ޙާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުމަކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށެވެ. އަަދި އެއީ އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް ޣައްސާނުގެ ޓުވީޓުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދާއިރާގެ ޚާދިމެއް ކަމުގައިވުމަކީ ފަޚުރެއް ކަމުގައިވެސް ޣައްސާން ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ