Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

ރިސޯޓުތަކުން ކަނޑަށް ކުނި އެޅުމަށްވުރެ ރަނގަޅު ހައްލު ހުންނާނެކަން ޔަގީން: ނަޝީދު

ރިސޯޓުތަކުން ކަނޑަށް ކުނިއަޅާ އެޅުމަށް ހައްލެއް ހޯދަންޖެހޭ ކަމަށާއި، ކުނީގެ މައްސަލާގައި ކަނޑަށް ކުނި އެޅުމަށްވުރެ ރަނގަޅު ގޮތްތަކެއް ހުންނާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިފަދައިން ރައީސް ނަޝީދު ވިދާޅުވީ ހޯރަފުށީ ދާއިރާ މެންބަރު އަޙްމަދު ސަލީމުގެ ޓުވީޓެއް ހިއްސާކުރައްވައެވެ. ސަލީމުގެ ޓުވީޓުގައި އޭނާ ވިދާޅުވެފައިވަނީ ރިސޯޓުތަކުން 389 ޓަނުގެ ކުނި ކޮންމެ ދުވަހަކު އުފައްދާނެ ކަމަށް ބެލެވޭއިރު އެއިން 233 ޓަނަކީ އޯގޭނިކް ކުނި ކަމަށެވެ.
އަދި މިހާރު ޤަވާޢިދުގެ ތެރެއިން ނެތިގެންދާ ބާވަތުގެ ކުނި ކަނޑަށް އަޅައިލެވޭ ކަން ފާހަގަކުރައްވައި ސަލީމު ވިދާޅުވީ ރިސޯޓުތަކުން އުކާ ކުނީގެ މިންވަރަކުން ޠަބީޢީ ގޮތުން ހަލާކުވެގެން ދާ މިންވަރަށްވުރެ އިތުރު އަދަދެއް ކަމުގައިވުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން ޤަވާޢިދުތައް ބަދަލުކުރަންޖެހޭ ކަމަށް ސަލީމު ވިދާޅުވިއެވެ.
ސަލީމުގެ އެ ވާހަކަތަކަށް ތާއީދުކުރައްވައި ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި އެމަނިކުފާނު ވިދާޅުވީ މި މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާއި ރިސޯޓުތަކުގެ އަދަދު އިތުރުވާނަމަ، މައްސަލަ އިތުރަށް ބޮޑުވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި ކުނި މެނޭޖުކުރުމަށް ކަނޑަށް އުކައިލުމަށްވުރެ ރަނގަޅު ހައްލުތަކެއް ހުންނާނެ ކަމަށް ވިދާޅުވެ، އެފަދަ ގޮތްތަކުގެ ތެރެއިން ކޮމްޕޯސްޓުކުރުމާއި ބޭކާރުވެފައި ހުންނަ ކާބޯތަކެތި ބައޯގޭހަށް ބަދަލުކުރުމަކީ ކުރެވިދާނެ ދެ ކަމުގެ ގޮތުގައި ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މީހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ ރާއްޖޭގެ ޤުދުރަތީ ތިމާވެށީގެ ރީތިކަމުގެ ސބަަބުން ކަމަށެވެ. އަދި އެ ރީތިކަމަށް އުނިކަން ގެނައުމަކީ އަމިއްލައަށް ލިބިގަނެވޭ ގެއްލުމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ