Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޒްލަޓާން އިބްރަހިމޮވިޗް

މަންޒޫކިޗް އައުމާއެކު ވާދަވެރިން ބިރުގަންނަވަން އަހަރުމެން ދެ މީހުން ތިބޭނެ: އިބްރަހިމޮވިޗް

އޭސީ މިލާނުގައި ކުރިއަށް ކުޅޭ ކުޅުންތެރިންގެ ތެރެއަށް ޔުވެންޓަސްގެ ކުރީގެ ތަރި މާރިއޯ މަންޒޫކިޗް ގުޅޭތީ އެ ޓީމުގެ މިހާރުގެ ފޯވަޑު ޒްލަޓާން އިބްރަހިމޮވިޗް ހުރީ ވަރަށް އުފަލުންނެވެ.
އޭނާ ބުނެފައިވަނީ މަންޒޫކިޗް އޭސީމިލާނާ ގުޅުމުން ވާދަވެރި ޓީމުތަކުގެ ހިތްތަކަށް ބިރު ވައްދާނެ ދެ ފޯވަޑުން އެ ޓީމުގައި ތިބޭނެ ކަމަށެވެ. ސިއެރާ-އޭގައި އިބްރަހިމޮވިޗް ގެންދަނީ އޭނާގެ އުމުރަކީ އޭނާގެ ހުނަރާއި ނަތީޖާ ނެރުމުގެ ޤާބިލުކަމަށް ނޭދެވޭ އަސަރެއް ކުރުވި ކަމެއް ނޫންކަން ސާބިތުކޮށްދެމުންނެވެ.
ހޯމަދުވަހުގެ ރޭ އޭސީ-މިލާނާއި ކަގްލިއަރީ ބައްދަލުކުރި މެޗުގައި މިލާނު 2-0 ގެ ނަތީޖާއަކުން މޮޅުވިއިރު ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އިބްރަހިމޮވިޗެވެ. އެއާއެކު މި ސީޒަނުގައި މިހާތަނަށް އޭނާވަނީ 12 ގޯލު ކާމިޔާބުކޮށްފައެވެ. އެއީ ކުޅުނު 8 މެޗުންނެވެ.
އޭސީ މިލާނުން ޔުވެންޓަސްގެ ކުރީގެ ފޯވަޑު މަންޒޫކިޗް އެ ޓީމަށް ގެންނަނީ 6 މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އިބްރަހިމޮވިޗް ބުނި ގޮތުގައި ފަރަންސޭސި މިޑްފީލްޑަރު ސޮލިހޯ މެއިޓޭއާއި މަންޒޫކިޗް ގެނައުމަކީ އިތުރަށް މިލާނު ވަރުގަދަވާނެ ކަމެކެވެ.
މިލާނުގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނެފައިވަނީ ތަޖުރިބާކާރު ދެ ސްޓްރައިކަރުން އެކީގައި މަސައްކަތްކުރާތަން ވަރަށް ދެކިލާ ހިތްވާ ކަމަށެވެ.
މި ލިއުމާއި ގުޅޭ