Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާސެނަލް

ނިއުކާސަލް މައްޗަށް ކުރި ހޯދައި އާސެނަލްގެ ސްމިތު ރޯވް އަދި ސަކާ ތާރީޚުގެ ތެރެއަށް

ނިއުކާސަނަލްއާ އާސެނަލް ބައްދަލުކުރި މެޗުގައި އާސެނަލްއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ޚާއްޞަކޮށް އެ ޓީމުގެ ހުނަރުވެރި ދެ ކުޅުންތެރިން ކަމުގައިވާ އެމިލް ސްމިތު ރޯވްއާއި ބަކުޔޯ ސަކާގެ ކުޅުން ފާހަގަވިއެވެ.
ނިއުކާސަލް މެޗާއެކު އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީޚުން މި ދެ ޒުވާނުންނަށް ޖާގައެއްވަނީ ކަށަވަރުވެފައެވެ. ރޭގެ މެޗުގައި އާސެނަލްއިން 3 ގޯލު ކާމިޔާބުކުރިއިރު ދެ ގޯލު ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން ޕިއެރޭ-އެމެރިކް އައުބަމެޔަންއެވެ. ތިންވަނަ ލަނޑަކީ ސަކާ ޖަހައިދިން ލަނޑެކެވެ.
ރޭގެ މެޗުގައި ދެވަނައަށް ފެނުނު ލަނޑު ސަކާ ކާމިޔާބުކޮށްދިނީ ސްމިތް ރޯވްގެ އެހީތެރިކަމާއެކު، ދެ ކުޅުންތެރިން ގުޅިގެން އުފެއްދި ނުރައްކާތެރި ފުރުޞަތެއްގެ ބޭނުން ފުރިހަމައަށް ބޭނުންކޮށްގެންނެވެ.
ރާގެ މެޗުގައި ސަކާއަށް ރޯވް ފަހިކޮށްދިން ފުރުޞަތާއެކު ި ސީޒަނުގައި ސަކާއަށް ސްމިތު ރޯވްވަނީ ޖުމްލަ ތިން ފުރުޞަތު ފަހިކޮށްދީފައެވެ. އެއާއެކު އިނގެރޭސި ޕްރިމިއާ ލީގުގެ ތާރީޚުގައި ދެ ކުޅުންތެރިންގެ އުމުރުން 21 އަހަރު ފުރުމުގެ ކުރިން ގުޅިގެން ޕްރިމިއާ ލީގުގެ 3 ގޯލު ކާމިޔާބުކުރުމުގެ ތާރީޚީ ޝަރަފު މި ދެ ކުޅުންތެރިންނަށް ލިބޭނެއެވެ.
މިހާތަނަށް ސްމިތު ރޯވް ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅުނީ ފަސް މެޗެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ އުފެއްދި 10 ފުރުޞަތަށްވުރެ ގިނައިން ފުރުޞަތު އުފައްދާފައިވަނީ ހަމައެކަނި މެންޗެސްޓާ ޔުނައިޓެޑުގެ ބްރޫނޯ ފާނަންޑޭޒްއެވެ.
މި ލިއުމާއި ގުޅޭ