Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކާނާ

ރަނަށްވުރެ އަގުބޮޑު ސަޔެއް!

ސަޔަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަޤުބޫލު ބުއިމެކެވެ. އެކި ބާވަތްތަކުގެ ސައި ދިވެހިންގެތެރޭގައިވެސް އާންމުވެފައިވާއިރު، ރަނަށްވުރެވެސް އަގު ބޮޑު ސައެއް ހުންނަކަން އެނގޭހެއްޔެވެ؟
ޗައިނާގައި އުފައްދާ ޑާ ހޮން ޕާއޯ ނަމަކަށް ކިޔާ ސަޔަކީ އޭގެ އަގު ރަނަށްވުރެވެސް ބޮޑު ސައެކެވެ. މުޅި ދުނިޔޭގައިވެސް މިބާވަތުގައި ސައި އުފައްދަނީ ޗައިނާގެ ވުޔިޝާންގައެވެ. 2002 ވަނަ އަަހަރު ޑާ ހޮން ޕާއޯ ގެ އެންމެ 20 ގްރާމު 28،000 ޑޮލަރަށް ވިކުނެވެ. އެއީ ގްރާމެއް 1400 ޑޮލަރެވެ. މިއަދުގެ ބާޒާރުގައި ރަނުގެ ގްރާމެއްގެ އަގަކީ ގާތްގަނޑަކަށް 60 ޑޮލަރެވެ. އެހެން ކަމުން މިއީ ހަމަ އަސްލުވެސް ރަނަށްވުރެ އަގު ބޮޑު ސައެކެވެ.
ޑާ ހޮން ޕާއޯ ސައި އަގު ބޮޑުވާ ތަފާތު ސަބަބުތައް ހުރެއެވެ. މިގޮތުން އެއް ސަބަބަކީ، އެ ސައިފަތް ހައްދާ ސަރަހައްދުގެ ފަސްގަނޑުގައި ހުންނަ އެކިއެކި މިނަރަލްގެ ބާވަތްތަކެވެ. އޭގެ ސަބަބުން އެ ސައަށް ތަފާތު ހާއްސަ ރަހައެއް ގެނެސްދެއެވެ. މި ސައި އަގު ބޮޑުވާ އަނެއް ސަބަބަކީ، ސައިފަތް ހައްދަނީ ހިމާޔަތް ކުރެވިފައިވާ ވަރަށް ކުޑަކުޑަ ސަރަހައްދެއްގައި ކަމަށްވާތީއެވެ. އަދި ސައި އުފައްދަން ފަތް ބިންނަނީ އަހަރަކު އެންމެ ފަހަރަކުއެވެ. އެހެން ކަމުން އަހަރެއް ތެރޭގައި އުފައްދަނީވެސް މި ބާވަތުގެ ވަރަށް މަދު އަދަދެއްގެ ސައިފަތެވެ.
ޗައިނާ މީހުންނަކީ ސައަށް ލޯބި ކުރާ ބަޔަކަށް ވެފައި ކޮންމެ އަހަރަކު ބާޒާރަށް ނެރޭ މަދު ސައިފަތްކޮޅު ގަންނަން ޗައިނާގެ މުއްސަނދިން ބޮޑެތި އަގުތައް ހުށަހަޅައެވެ. އެހެން ކަމުން މިއީވެސް މި ސައި އަގުބޮޑުވާ އެއް ސަބަބެެވެ. މީގެ އިތުރުން ސައިފަތް ބިނދެ އެ ތައްޔާރު ކުރުމުގެ ހުރިހާ މަސައްކަތެއްވެސް ކުރަނީ ދަނޑުވެރިން އަމިއްލަ އަތުން އެއްވެސް މެޝިނެއް ބޭނުން ނުކޮށް ކަމުގައިވާތީ ސައިގެ އަގު އިތުރަށް އުފުލެއެވެ.
މި ސައި ތަޖުރިބާކޮށްފައިވާ ބައެއް ފަރާތްތަކުން ބުނާގޮތުގައި މިއީ ދުނިޔޭގައި ލިބޭނެ އެންމެ މީރު އެއް ބުއިމެވެ.
މި ލިއުމާއި ގުޅޭ