Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮލަމް

ސިންތެޓިކް ޓުރެކަކީ ބޭރު ޤައުމެއްގެ އެހީއާ ނުލައި ނުހިންގޭހާ ބޮޑު މަޝްރޫޢެއް؟

ސިންތެޓިކް ޓުރެކެއް މި ސަރުކާރުން އަޅައިފިއެވެ. އިންޑިޔާގެ ދީލަތި އެހީތެރިކަމާއެކުއެވެ. އެ ޓުރެކު ހުޅުވަން ބޭއްވި ހަފުލާފައި ދައުލަތުގެ ހުރިހާ ވަޒީރުން ބައިވެރިވެވަޑައިގަތެވެ. ރައީސުލްޖުމްހޫރިއްޔާ ތަޤުރީރުކުރެއްވިއެވެ. ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދުވެސް ތަޤުރީރުކުރެއްވިއެވެ. ޔޫތު މިނިސްޓަރު އަޙްމަދު މަޚުލޫފުވެސް ވާހަކަދެއްކެވިއެވެ. އެއްގޮތަކަށްވެސް ހަނދާނުން ކައްސައިލަ ދީގެން ނުވާނެއެވެ. އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރުވެސް ތަޤުރީރުކުރެއްވިއެވެ.

މި މަންޒަރު ބަލާން ގޭގައި ޓީވީ ހުޅުވައިގެން އިންއިރު އަޅުގަނޑު ހިތަަށް އެރިއެވެ. ދިވެހި ރާއްޖޭގައި ސިންތެޓިކް ޓުރެކެއް މި އެޅީ އަލަށް ހެއްޔެވެ؟ އަދި މިއީ ބޭރު ޤައުމެއްގެ މަދަދުވެރިކަން ނުލިބި ނުކުރެވޭހައި ބޮޑު ބިޔަ ކަމަކީ ހެއްޔެވެ؟ އަދި އެއަށްވުރެ މުހިއްމު ސުވާލަކީ މިއީ ސަރުކާރެއްގެ ދައުރު ދެބައިވާން ކައިރިވަމުންދާއިރު އިހުތިފާލުކުރަން ހަމަ އެންމެ މުނާސަބު ކާމިޔާބީ ހެއްޔެވެ؟

ސިންތެޓިކް ޓުރެކަކީ ދިވެހިންނަށް އައު އެއްޗެއް ނޫނެވެ. ހުޅުމާލޭގައި ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސިންތެޓިކް ޓުރެކެއް އެޅިއެވެ. 400 މީޓަރުގެ މި ޓުރެކުގެ މަސައްކަތް ނިންމައި 2018 ވަނަ އަހަރު އެތަންވަނީ އާންމުންނަށް ހުޅުވާލާފައެވެ. މަތީގައި ތިޔަ ފެނިވަޑައިގަންނަވާ ފޮޓޯގައި އެމްޑީޕީގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބާއި، މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމާއި އެމްޑީޕީގެ ސިޔާސަތުތައް އެންމެ ބޮޑަށް މީސްމީޑިޔާގައި ޕްރޮމޯޓުކުރައްވާ އިކޮނޮމިކް މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު ސިމްވާ އެ ތިއްބެވީ މި ދެންނެވި ސިންތެޓިކް ޓުރެކުގައެވެ.

މި ޓުރެކު ބިނާކޮށްފައިވަނީ ދިވެހި ސަރުކާރުންނެވެ. ދިވެހި ދައުލަތުގެ ޚަރަދުގައެވެ. މިއީ ދިވެހިރާއްޖެއަށް ނުކުރެވޭވަރު ކަމެއް ނޫނެވެ. ނަމަވެސް ޒަމާނުއްސުރެ ދިވަހިރާއްޖޭގައި ވެރިކަންކުރެއްވި ބައެއް ބޭފުޅުންގެ ވިސްނުންފުޅަކީ ކުޑަޔަސް ބޮޑަސް ކޮންމެ ކަމެއްގައި ބޭރު ފަރާތްތައް ގާތަށް ނާށިގަނޑު ހިއްޕަވައިގެން ވަޑައިގަތުމެވެ.

އޭގެ ކުޑަ މިސާލެއް ދަންނަވާނަމެވެ. އައިޖީއެމްއެޗަށް އެމްއާރުއައި ސްކޭނަރެއް ހޯދުމުގެ މަސައްކަތެވެ. ކޮންމެ ވެރިކަމެއްގައިވެސް އެ ސްކޭނަރު އަވައްޓެރި ޤައުމަކުން ދިނުމުގެ އުންމީދުގައި ތިބެެނީއެވެ. އެ ޤައުމުން ތާރީޚަކަށްފަހު ތާރީޚެއް ދެއެވެ. އެކަމެއް ނުވެއެވެ. އެންމެފަހުން ރައީސް ޢަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން ދިވެހި ދައުލަތުގެ ޚަރަދުގައި އެ މެޝިނު ގެންނެވީއެވެ. ދިވެހިންނަކީ މިބާވަތުގެ ކުދިކުދި ކަންކަމުގައި ސަލާންޖަހަންޖެހޭ ވަރަށްވުރެ ފުދުންތެރި ޤާބިލު ބައެއް ކަމުގައި ދެކެވަޑައިގަންނަވާތީއެވެ.

މިއަދުގެ ހާލަތާމެދު ކަންބޮޑުވާހައި ވެއެވެ. ރަށެއްގައި މަގު ބައްތި ޖަހަންވިޔަސް، ޖަހާފައި ހުރި ބައްތިއެއް އަނދައިގެން އައުކޮށްލަންޖެހުނަސް، ޕާކެއްގައި ދަގަނޑު ޖިމެއް ބެހެއްޓިޔަސް ތަނެއްގައި ކުޑަ ވަޅެއް ކޮނުނަސް ކުރަންޖެހެނީ އަވައްޓެރި އިންޑިޔާއިންނެވެ. އެ ޤައުމުގެ "ހިލޭ އެހީ"ގައެވެ. ދުނިޔޭގެ ވިޔަފާރިއާއި ސިޔާސަތަށް ކުޑަ ނަމަވެސް މިންވަރަކަށް ލޯ ހުޅުވިފައިހުރި މީހަކުނަމަ، އެއްވެސް ޤައުމަކުން ހިލޭ ކަންކަން ނުކޮށްދޭ ދަންނާނެއެވެ. ބަދަލެއް މުޤާބިލެއް އޮންނާނެއެވެ. ޖަހައިދޭ މަގު ބައްތިއާއި، އަޅައިދޭ ސިންތެޓިކް ޓްރެކާއި، ކުޑަކުދިން ޕާކުތަކުގެ ބަދަލުގައި ދިވެހި ސަރުކާރުން އިންޑިޔާއަށް ދެއްވަނީ ކޯއްޗެއް ހެއްޔެވެ؟ މިވެސް މިކަހަލަ ކޮންމެ އިހުތިފާލަކާ ގުޅިގެން އަޅުގަނޑު ހިތުގައި އުފެދޭ ސުވާލެކެވެ.

ދެން އެހެން ސުވާލެއްވެސް އެބައޮތެވެ. ސިންތެޓިކް ޓުރެކެއް މާލޭގައި އެޅުމަކީ ކާމިޔާބީއެއް ހެއްޔެވެ؟ އާއެކެވެ. އެއީ ކާމިޔާބެކެވެ. އެކަމަކު އެއީ މިހާ ބޮޑުކޮށް އިހުތިފާލުކުރަންޖެހޭ ކާމިޔާބެއްތޯ ނުވަތަ ނޫންތޯ އަޅުގަނޑު ހިތުގައި ސުވާލު އުފެދެއެވެ. 2018 ވަނަ އަހަރު ހުޅުމާލެ ސިންތެޓިކް ޓުރެކު އާންމުންނަށް ހުޅުވިއެވެ. ބޮޑު ރަސްމިއްޔާތެއް ނުބާއްވައެވެ. މާލެ ވަށައި ތާރަ އަޅައި އެއްހަމަކޮށްފައި އޮތް ރިންގުރޯޑު ހުޅުވުމަށްވެސް ބޮޑު ރަސްމިއްޔާތެއް ނުބާއްވައެވެ.

އާދޭހެވެ. ބޮޑު ބުރިޖެއްގެ މަސައްކަތް ވެރިކަމުގެ 2 ވަނަ އަހަރުގެ ފަހުކޮޅުގައި ފަށައި، ވެރިކަމުގެ ފުރަތަމަ އަހަރު ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކައި، ވެރިކަމުގެ 3 ވަނަ އަހަރު އެ ތަނުގެ މަގުތަކުގެ މަސައްކަތްތައް ފަށައި 12،000 ހައުސިން ޔުނިޓުގެ މަސައްކަތް އެ ތަނުގައި ހިންގި ބަޔަކަށް، ސިންތެޓިކް ޓްރެކާއި ތާރު މަގަކީ މާ ބޮޑު ކަމަކަށްނުވި ނަމަވެސް، ސިންތެޓިކް ޓުރެކާއި، 100 މީޓަރު ހަމަނުވާ މަގެއްގެ އާބާތުރަފިލުވުން ނޫން ކަމެއް ނުހިންގުނު ބަޔަކަށް އެއީ ހަމަ އިހުތިފާލުކުރުން މުނާސަބު ބޮޑެތި ކަންކަމެވެ. އެބަޔަކަށް ކަންކަން ބޮޑުވާނީ އެބައެއްގެ ފެންވަރުންނެވެ.

މި ލިއުމާއި ގުޅޭ