Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލިވަރޕޫލް

ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑުގެ މެޗު ނިމުނީ އެއްވަރުވެގެން

މެންޗެސްޓާ ޔުނައިޓެޑާއެކު ކުޅުނު މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބި ބޭކާރުކޮށްލި ލިވަޕޫލުގެ ކޯޗު ޖާގެން ކްލޮޕު އޭނާގެ ޓީމު ދިފާޢުކޮށްފިއެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ޕްރިމިއާ ލީގުގެ ތާވަލުގެ ގަދަ ހަތަރަކުން ޖާގައެއް ދިފާޢުކުރާނަމަ ބުރަ މަސައްކަތެއް ކުރަން ޖެހިފައިވާކަން އޭނާ ޤަބޫލުކުރިއެވެ.
ލިވަޕޫލުގެ ކުރީ ސަފު ބަލަހައްޓާ މުޙައްމަދު ޞަލާޙާއި ރޮބާޓޯ ފިރްމީނިއޯ އަދި ސަޑިއޯ މާނޭއަށް ރޭ މެޗުވެފައިވަނީ ހިތްދަތި މެޗަކަށެވެ. އެ ކުޅުންތެރިންނަށް ޔުނައިޓެޑުގެ ސަފުތައް ފޫއަޅުވައިލާ ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.
ރޭގެ މެޗުގައި ޔުނައިޓެޑަށް ރަނގަޅު ފުރުޞަތުތަކެއް ލިބުނެވެ. ބްރޫނޯ ފާނަންޑޭސް އަދި ޕައުލް ޕޮގްބާ ފޮނުވި ދެ ހަމަލާ ލިވަޕޫލުގެ ގޯލް ކީޕަރު އެލިސަން ސަލާމަތްކިށް މަތަނުކުރިނަމަ ރޭގެ މެޗުގެ ނަތީޖާ ޔުނައިޓެޑު ކޮޅަށް ބުރަވާނެއެވެ. ރޭގެ މެޗުގައި ޔުނައިޓެޑާއި އެއްވަރުވުމުން ފެނިގެންދަނީ ޗެމްޕިއަންކަން ދިފާޢުކުރަން ބޭނުން ނަމަ ވަރަށް ބޮޑެތި މަސައްކަތްތަކެއް ލިވަޕޫލުން ކުރަންޖެހޭ ކެމެވެ.
އެހެންނަމަވެސް ކޯޗު ކްލޮޕްގެ ބޮޑު ކަންބޮޑުވުމަކީ ޗެމްޕިއަންސް ލީގަށް ދެވޭނެ ޖާގައެއް ދިފާޢުކުރުމެވެ. އަދި އޭނާ ބުނީ ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގައެއް ކަށަވަރުކުރަން މި ސީޒަނުގައި އުދަގޫވާނެ ކަމުގައެވެ.
އޭނާ އިތުރަށް ބުނީ މިއީ ދަތި ދުވަސްކޮޅަކަށްވީ ނަމަވެސް މިއީ އޭނާގެ ފުޓުބޯޅަ ހަޔާތުގައި ކަޑައްތުކުރި އެންމެ ދަތި ދުވަސްތައް ނޫން ކަމަށެވެ. އަދި މިއީ އެންމެ ދަތި ދުވަސްތަކާ ކައިރިކުރާ ދުވަސްތަކެއް ނޫން ކަމަށްވެސް ކްލޮޕު ބުންޏެވެ.
މި ލިއުމާއި ގުޅޭ