Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތިމާވެށި

ކަނޑު އުޅަނދުފަހަރު އަޅާއިރު އެންމަޑިއަށް ގެއްލުންވާހެން ވާ ނާޅާ: އީޕީއޭ

ކަނޑު އުޅަނދުފަހަރު އެޅުމުގައި ބޭނުންކުރާ ވާ އޮޅިގެން ތާށިވެ، އެންމަޑިއަށް ގެއްލުންލިބި މަރުވާ ހާދިސާތައް މިފަހަކަށް އައިސް އިތުރުވެފައިވާތީ، އުޅަނދުފަހަރު ބަނދަރުކޮށް ވާ އަޅާއިރު އެކަމަށް ސަމާލުވުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭން) އިލްތިމާސް ކޮށްފިއެވެ.
މިކަމަށް ސަމާލުވުމަށް އީޕީއޭން އިލްތިމާސްކޮށްފައިވަނީ މިއަދު އެ އޭޖެންސީން ނެރުނު ބަޔާނެއްގައެވެ.
ދިވެހިރާއްޖޭގެ ކަނޑުފަޅުގައި އުޅޭ އެންމަޑީގެ ހުރިހާ ބާވަތްތަކަކީ 2014 ވަނަ އަހަރުން ފެށިގެން ޤާނޫނީ ގޮތުން ޙިމާޔަތް ކޮށްފައިވާ ދިރުންތަކަކަށް ވާއިރު، އެންމަޑިޔާއި ވައިފިޔަމަޑިފަދަ މަޑީގެ ބާވަތްތަކަކީ ތިމާވެށްޓާއި އިޤްތިޞާދަށް މުހިއްމު ދިރުންތަކެއް ކަމަށާއި، އެދިރުންތައް ޙިމާޔަތްކޮށް ރައްކާތެރި ކުރުމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާކަންވެސް އީޕީއޭގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
މި ލިއުމާއި ގުޅޭ