Sunday 7th Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދޮންބިލަތް ޙަލީމް

ކޮވިޑުގެ ހާލަތުގައި ފަތުރުވެރިން ރާއްޖެ އަންނަނީ މިއީ އެންމެ ސަލާމަތް މަންޒިލަށްވާތީ: ދޮންބިލަތް

ކޮވިޑް-19ގެ ހާލަތުގައި ރާއްޖެއަށް ފަތުރުވެރިން އަންނަނީ ރާއްޖެއަކީ އެ މީހުންނަށް އެންމެ ރައްކާތެރިކަމާއެކު އުޅެވޭ ތަނަށްވާތީ ކަމުގައި ބިލެއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަޙްމަދު ޙަލީމް (ދޮންބިލަތް) ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. އަދި އޭނާ ވިދާޅުވީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއް ކަމުގައި ފަތުރުވެރިން ބަލައިގަންނަނީ ސަރުކާރުގެ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ. އަދި ކޮވިޑް-19 ކުރިމަތިވެގެން އައި ދަނޑިވަޅު ރާއްޖޭގައި އެމްޑީޕީގެ ސަރުކާރެއް އޮތުމަކީ ވަރަށް ބޮޑު ނަސީބެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ވަރަށް ބޮޑު ނަސީބެއް މިއަހަރު މިކަން އައިއިރު އެމްޑީޕީގެ ސަރުކާރެއް ދިވެހިރާއްޖޭގައި އޮތްކަން. އެހެންނޫންނަމަ، އަޅުގަނޑުމެންނަށް އިހުސާސްކުރެވުނީސް މިކަމުގެ ހަގީގަތް އޮތް މިންވަރުގެ ބޮޑުކަން އެހެންނަމަވެސް މިއަދު އިހުސާސްނުކުރެވެނީ އަޅުގަނޑުމެން މިކަން މެނޭޖުކުރި ގޮތް ރަނގަޅު ކަމުން.
ދޮންބިލަތް އަޙްމަދު ޙަލީމް
ޙަލީމު އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ ލާމަރުކަޒީ ނިޒާމު އުފެއްދި ޕާޓީ ކަމަށެވެ. އަދި ދިވެހިންނަށް ކައުންސިލަރުންނަކީ ތިބޭ ބައެއްކަމާއި ކައުންސިލު ކިޔާ ބަހެއް އޮންނަކަންވެސް އެނގުނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް މުޙައްމަދު ނަޝީދުގެ ޒަޢާމަތުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ދައުލަތުގެ މުވައްޒަފުންގެ މުސާރައިން އެންމެ ތަންކޮޅެއްވެސް ނުކަނޑާ ހުރިހާ މުވައްޒަފުން ސަރުކާރުން ބަލަހައްޓާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ