ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އޮފީސް ފަޅާލައި އެތަނުން ވައްކަންކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މީރާގެ އޮފީސް ފަޅާލާއި ވައްކަން ކުރިކަމުގެ ރިޕޯޓު މިއަދު ހެނދުނު 8:00 އެހާކަށްހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުންވެސް އަދި މީރާއިންވެސް ހާމަކޮށްފައިނުވެއެވެ.
ފަހަކަށް އައިސް މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަދަ ބޮޑެތި ވައްކަމާއި ފޭރުމުގެ އަމަލުތައް އަންނަނީ ގިނަވަމުންނެވެ.