Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު އަހްމަދު ޝިޔާމް

ލޯކަލް ކައުންސިލް އިންތިޚާބު އިންސާފުވެރިވާނެ އެއްވެސް ގޮތެއް ނެތް: ޝިޔާމް

ލޯކަލް ކައުންސިލް އިންތިޚާބު އިންސާފުވެރިވާނެ އެއްވެސް ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް ޝިޔާމު މިފަދައިން ވިދާޅުވީ ކައުންސިލް އިންތިޚާބު ނުބޭއްވި ދިގުލައިގެންދާ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ކައުންސިލް އިންތިޚާބުގެ ޚާއްޞަ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން ބަހުސްކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
ޝިޔާމު ވިދާޅުވީ ރައީސް ޔާމީނު ޖަލަށްލައިގެން އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެ ކަމަށެވެ. އަދި ވާދަވެރި ހަމައެކަނި ސިޔާސީ ޕާޓީގެ ލީޑަރު އޮތީ ނުހައްގުން ޖަލަށް ލައްވާފައި ކަމަށާއި، އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރި މައްސަލާގައި އެންމެ އަޑީގައި ހުރި މީހާ އެހުރީ އޭސީ ކޮޓަރީގައި ކަމަށް ވިދާޅުވެ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބަށް އިޝާރާތްކުރައްވައި ސަރުކާރަށް ޝިޔާމު ފާޑުވިދާޅުވިއެވެ.
އަދި ސަރުކާރުން ރައްޔިތުންނަށް ކިޔައިދޭން މަސައްކަތްކުރަނީ ކޯއްޗެއްތޯއާއި މި ޤައުމުގައި މިފަދަ ޙާލަތުގައި އޮންނާނީ ކޮން އިންސާފެއްތޯވެސް ޝިޔާމު ސުވާލުކުރެއްވިއެވެ.
ޝިޔާމު ވިދާޅުވީ ސިޔާސީ ޕާޓީތައް ބައިވެރިވާ މި އިންތިޚާބުގައި ވާދަކުރާ ވާދަވެރި އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު ޖަލަށްލައިގެން ބާއްވާ އިންތިޚާބު ޞައްޙަވާނެ ގޮތެއް ނޭނގޭ ކަމަށެވެ. އަދި ރައީސް ޔާމީނުގެ މައްޗަށް ހުކުމްކުރެއްވި ފަނޑިޔާރު ސުޕްރީމް ކޯޓަށް ޕްރޮމޯޓުކޮށްފައިވާކަން ފާހަގަކުރައްވައި އެއީ ޕެކޭޖުގެ ކުޑަ މިންވަރެއް ކަމުގައި އަޑުއިވޭ ކަމަށް ޝިޔާމު ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ