Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ކަސްޓަމްސް

އެތެރެކުރާ އަދި ބޭރުކުރާ ފައިސާ ރިޕޯޓުކުރުމުގެ ޤަވާއިދަށް ގެނައި ބަދަލަށް އަމަލުކުރަން ފަށައިފި

ރާއްޖެއިން ބޭރުކުރާ ފައިސާއާއި އެތެރެކުރާ ފައިސާ ކަސްޓަމަށް ރިޕޯޓުކުރަންޖެހޭ އަދަދަށް ގެނައި ބަދަލަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.
ފާއިތުވި ޑިސެންބަރު މަހުގެ 22 ވަނަ ދުވަހުގައި ޤަވާޢިދަށް ގެނައި ބަދަލަށް އަމަލުކުރަން ފެށީ މިއަދުއެވެ. މީގެ ކުރިން އެތެރެކުރާ އަދި ބޭރުކުރާ ފައިސާގެ އަދަދު 20،000 ޑޮލަރަށްވުރެ ގިނަ ނަމަ ރިޕޯޓުކުރަން ޖެހޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް 10،000 ޑޮލަރަށްވުރެ މަތިން ނަގުދު ފައިސާ އެތެރެކޮށް ބޭރުކުރާނަމަ މިހާރު ކަސްޓަމަށް ރިޕޯޓުކުރަންޖެހެއެވެ.
މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދުގެ ދަށުން އެންމެ ފުރަތަމަ ކަސްޓަމަށް ރިޕޯޓުކުރަން ޖެހެނީ 30،000 ޑޮލަރު ނުވަތަ އެއަށްވުރެ ގިނަ ފައިސާ ބޭރުކޮށް އެތެރެކުރާނަމައެވެ.
އެހެންނަމަވެސް ފާއިތުވި އަހަރުގައި އެ ޤަވާޢިދު އިސްލާހުކޮށް އެ އަދަދު 20،000 ޑޮލަރަށް ތިރިކުރުމަށްފަހު ޑިސެންބަރު މަހުގައި އެ އަދަދު 10،000 ޑޮލަރަށްވަނީ ތިރިކޮށްފައެވެ.
މި ލިއުމާއި ގުޅޭ