Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑޮނޭޝިއާ

ބާރުގަދަ ބިންހެލުމަކާއި އެކު އިންޑޮނޭޝިއާގައި ގިނަ ބަޔަކު މަރުވެއްޖެ

އިންޑޮނޭޝިއާގެ ސުލަވެސީ ނަމަކަށް ކިޔުނު ރަށަށް އައި ބިންހެލުމެއްގައި 42 މީހުން މަރުވެ އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ.
ރޮއިޓަރސް އިން ހާމަކޮށްފައިވާ ގޮތުގައި ބިންހެލުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައެވެ. އަދިވެސް އިތުރު ބިންހެލުންތައް އައިސްދާނެ ކަމުގެ އިންޒާރު އެ ޤައުމުގެ އޮފިޝަލުން ދީފައިވާއިރު ސުނާމީއެއްވެސް އަރާފާނެކަމުގެ ބިރުވަނީ ހީވެފައެވެ.
އެ ބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިއާ ގަޑިން ރޭ މެންދަމު 1:30 އެހާކަށްހާއިރެވެ. ބިން ހެލުން އައުމާއި އެކު އެތައް ހާސް ބަޔަކުވަނީ ރައްކާތެރި ހިސާބުތަކަށް ދާން މަސައްކަތް ފަށާފައެވެ. ބިންހެލުމުގައި 300 އެއްހާ ގެއަށް ގެއްލުން ލިބުނު އިރު ހޮސްޕިޓަލަކާއި ދެ ހޮޓަލާއި، އެ ސަރަހައްދުގެ ގަވަރުނަރުގެ އޮފީސް ވަނީ ބިމާ ހަމަވެފައެވެ.
ބިންހެލުމުގެ ސަބަބަބުން އެ ސަރަހައްދުގެ ކަރަންޓުވިއުގައަށްވެސް އަސަރުކޮށްފައިވާއިރު ބޯކޮށް ވާރޭ ވެހެމުންދާތީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައިވެސް ބޮޑެތި ގޮންޖެހުންތަކާއިވަނީ ކުރިމަތިވެފައެވެ.
މިހާތަނަށް ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ނެރެފައިނުވިނަމަވެސް، އިތުރު ބިންހެލުންތަކެއް އައިސް ސުނާމީއެއް އެރުމަކީ ވެދާނެކަމެއް ކަމުގައި އިންޑޮނޭޝިއާގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވެއެވެ. އިންޑޮނޭޝިއާ އަކީ ގިނަގިނައިން ބިންހެލުން އަންނަ ޤައުމެކެވެ.
މި ލިއުމާއި ގުޅޭ