Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮވިޑް ވެކްސިން

ދުނިޔޭގެ އެންމެ ބޮޑު އެއް ވެކްސިން ކެމްޕޭން އިންޑިޔާގައި ފަށައިފި

ހޮނިހިރުދުވަހު އިންޑިޔާއިން ދުނިޔޭގެ އެންމެ ބޮޑު އެއް ވެކްސިން ކެމްޕެއިން ފަށަން ނިންމައިފިއެވެ. މި ކެމްޕޭނަކީ 1.3 ބިލިއަން މީހުންގެ ބޮޑު އާބާދީގެ ތެރޭގައި ކޮވިޑް-19 ބަލި ފެތުރުން ހަންމަތަކުރުމަށް އެކުލަވައިލާފައިވާ ޕްލޭނެއްގެ ދަށުްނ ހިންގާ ޕްރޮގުރާމެކެވެ.
އިންޑިޔާގެ އެންމެ ބޮޑެތި ސިޓީތަކުގައި، މުހިއްމު ޞިއްޙީ ޚިދުމަތްތެރިންނަށް ހޮސްޕިޓާތަކާއި ވެކްސިންދޭ މަރުކަޒުތަކުގައި މިއަދު ވެކްސިން ދޭން ފަށާނެ ކަމަށް ބެލެވެއެވެ.
ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާގައި ފަށާ މި ކެމްޕެއިނަކީ ދަތި ގޮތަކަށް ބިނާވެފައިވާ ޞިއްޙީ އަދި މުވާސަލާތީ ވިއުގަ ހުރި ޤައުމުތަކުގައި ކޮވިޑް-19 ހަލުއިކޮށް ހަންމަތަކުރެވިދާނެކަން ނުވަތަ ނޫންކަން އިމްތިޙާނުކުރެވޭނެ ކެމްޕެއިނެކެވެ. މިހާތަނަށް ރަސްމީ ހިސާބުތަކަށް ބަލާއިރު އިންޑިޔާއިން 10.5 މިލިއަން މީހުންނަށް މި ބަލި ޖެހި 150،000 މީހުން މި ބަލީގައި މަރުވެފައިވެއެވެ.
އިންޑިޔާއިން ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ޤައުމަށްވުރެ ބޮޑަށް ތަރައްޤީވެފައިވާ އެތައް ޤައުމެއްގައި ވެކްސިން ފޯރުކޮށްދިނުމުގައި ގޮންޖެހުންތައް ކުރިމަތިވެފައިވެއެވެ. އެތައް ސަތޭކަ މިލިއަން ޑޯސްއެއް ރައްކާކޮށްފައިވީ ނަމަވެސް އެމެރިކާއާއި އެނޫންވެސް ބައެއް ޤައުމުތަކުގައި ވެކްސިން އުފުލުމުގައި އަދި އާންމުންނަށް ފޯރުކޮށްދިނުމުގައި ކުރިން ލަފާކުރެވިފައި ނެތް އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ.
އިންޑިޔާއިން ވެކްސިން ދިނުމަށް ހިންގާ ޕްރޮގުރާމަކީ އޭޝިޔާގައި ފުރަތަމަ ފަހަރަށް ހިންގޭ ޕްރޮގުރާމުތަކުގެ ތެރެއިން ޕްރޮގުރާމެކެވެ. އަދި އެއީ އެންމެ ފުޅާ އެއް ޕްރޮގުރާމުވެސްމެއެވެ. އެހެން ޤައުމުތަކުގައި ވެކްސިން ދިނުން އެހާ އަވަސްނުކުރާ އެއް ސަބަބަކީ އެ ޤައުމުތަކުގައި ކޮރޯނާވައިރަސް ފެތުރޭ މިންވަރު އިންޑިޔާއަށްވުރެ މަދުވުމެވެ.
އިންޑިޔާއިންވަނީ އެ ޤައުމުގެ ދެ ކުންފުނި ކަމުގައިވާ ބާރާތު ބައޯޓެކް އިންޓަނޭޝަނަލް އަދި ސީރަމް އިންސްޓިޓޫޓް އޮފް އިންޑިޔާއިން އުފައްދާފައިވާ ދެ ވެކްސިނެއް ފޯރުކޮށްދިނުމަށް ހުއްދަ ދީފައެވެ.
މި ލިއުމާއި ގުޅޭ