Friday 26th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ކުރީ ސަރުކާރުން ފެށި އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުން ކުރިއަށްދާ ގޮތް މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބައްލަވާލައްވައިފިއެވެ.

އިއްޔެ ކުރެއްވި ޒިޔާރަތަށްފަހު ކުރެއްވި ޓުވީޓެއްގައި ރައީސް ވިދާޅުވީ، އެއާޕޯޓުގެ ތަރައްޤީގެ މަޝްރޫއު ކުރިއަށްދާ ގޮތް ބަލާލުމަކީ ލިބުނު އުފަލެއް ކަމަށެވެ. އަދި މީގެ އިތުރުން ރައީސް ސޯލިހް ވަނީ ކޮވިޑު-19 ދުވަސްވަރުގައިވެސް އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާގޮތުގެ ފުރިހަމަކަމަށްޓަކައި އެއާޕޯޓުގެ މުވައްޒަފުންނަށް ޝުކުރު ދަންނަވާފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ފެށި އެއާޕޯޓު ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫއުއަކީ 800 މިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން 373 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެންމެ މިޒަމާނުގެ ރަންވޭއެއް އަޅާފައިވާއިރު، އާ ޓާމިނަލް އަކާއި، ފިއުލް ފާމަކާއި ސީޕްލޭން ޓާމިނަލްއެއްގެ އިތުރުން އެހެނިހެން ވަސީލަތްތަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. މިހާތަނަށް ސީޕްލޭން ޓާމިނަލް އާއި، ފިއުލް ފާމްގެ މަސައްކަތް ވަނީ ނިމިފައެވެ.

އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބީޔޫސީޖީއިންނެވެ. އެއާޕޯޓު ތަރައްޤީކޮށް ނިމުމުން އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެއެވެ. އަދި އެއާޕޯޓުގެ އާ ޓާމިނަލްގައި 40 ގޭޓާއި އެކު 36 އިމިގްރޭޝަން ކައުންޓަރު ހުންނާނެއެވެ. މީގެ އިތުރުން 6 އެއިރޯ ބްރިޖުވެސް ހުންނާނެއެވެ. މި ޓާމިނަލްގެ މަސަކައްކަތް ނިމޭނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫއުއަށް ވެރިކަން ކުރާ އެމްޑީޕީގެ އިސް ފަރާތްތަކުން މީގެ ކުރިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މިގޮތުން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެއީ ހިލޭ އެޅެން އޮތް ތަނެއްކަމަށް ވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ