Wednesday 27th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮވިޑު-19

ކޮވިޑު-19: ޕޮޒިޓިވްވި މީހުން މަދެއް ނުވި!

މިއަދުވެސް ދިވެހިރާއްޖެއިން ގިނަ އަދަދަކަށް މީހުން ކޮވިޑު-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި އިއްޔެ 18:00 އިން ފެށިގެން މިއަދު 18:00 ގެ ނިޔަލަށް 48 މީހުން ވަނީ ކޮވިޑު-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 19 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 14 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 15 މީހުންނެވެ. މިއަދު 48 މީހުން ޕޮޒިޓިވްވި އިރު އިއްޔެ 59 މީހުން ޕޮޒިޓިވް ވެފައިވެއެވެ.

މިހާތަނަށް މުޅި ރާއްޖެއިން 14325 މީހުންނަށް މި ބަލި ޖެހިފައިވާއިރު މިވަގުތު 806 އެކްޓިވް ކޭސް އެބައުޅެއެވެ. އަދި ހޮސްޕިޓާތަކުގައި އެޑްމިޓްކޮށްގެން 58 މީހުންނަށް ފަރުވާ ދެމުން އެބަދެއެވެ.

ރާއްޖޭގައި ކޮވިޑު-19 ޖެހިގެން މިހާތަނަށް މަރުވެފައިވަނީ 49 މީހުންނެވެ.

މި ލިއުމާއި ގުޅޭ