Wednesday 27th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަބްރޫކް އަޒީޒު

ވަގުތު ލިބިވަޑައިގަންނަވާ މިންވަރަކުން ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާނެ: ތަރުޖަމާން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަގުތު ލިބިވަޑައިގަންނަވާ މިންވަރަކުން ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒު ވިދާޅުވެއްޖެއެވެ.

މަބްރޫކު ވިދާޅުވީ ނޫސްވެރިންނާ ވަކި އަދަދަކަށް ކޮންމެ މަހެއްގައި ރައީސް ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިނުވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނަށް ވަގުތު ލިބިވަޑައިގަންނަވާ މިންވަރަކުން ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވުމާއެކު އޭނާ ފާހަގަކުރެއްވީ މަހަކު ދެ ފަހަރު ތަރުޖަމާނުގެ ހައިސިއްޔަތުން ނޫސްވެރިންގެ ބައްދަލުވުން ބާއްވަވާނެ ކަމަށެވެ.

އޭގެ އިތުރަށް ރައީސް އޮފީހުގައި އަލަށް އުފައްދާ ޕްރެސް ކޯއާ ބެހޭ ގޮތުންވެސް މަބްރޫކު މައުލޫމާތު ދެއްވިއެވެ. އެގޮތުން މަބްރޫކު ވިދާޅުވީ ކުރިއަށް ޕްރެސް ކޯގެ އުޞޫލުތައް އެކުލަވައިލުމުގެ މަސައްކަތް އަންނަ ހަފުތާގައި ފައްޓަވާނެ ކަމަށެވެ. އަދި ޕްރެސް ކޯ އެކުލަވައިލައްވާނީ މީޑިޔާގެ ޚިޔާލާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕްރެސް ކޯގައި ވަކި މުހުލަތެއްގެ ތަޖުރިބާ ނެތް ނޫސްވެރިންނަށް ބައިވެރިނުވެވޭ ގޮތް ހަދަން އުޅޭ ކަމަށް "ދިޔަރެސް"އަށް އިތުބާރުހުރި މަޞްދަރަކުން ލިބުނު މައުލޫމާތާ ގުޅިގެން މަބްރޫކު ވިދާޅުވީ ބައެއް މީޑިޔާތަކާ ކުރެވުނު މަޝްވަރާތަކުގައި އެފަދަ ކަމަކާ ގުޅޭ ގޮތުން ވާހަކަދެކެވުނު ނަމަވެސް އެފަދަ ހުށަހެޅުމެއް ނެތް ކަމަށެވެ.

މި ލިއުމާއި ގުޅޭ