Friday 22nd Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕަބްލިކް ސާވިސް މީޑިޔާ

ޕީއެސްއެމްއިން ފާއިތުވި އަހަރު ފޯރުކޮށްދިން ޚިދުމަތަށް ރައްޔިތުން ދިނީ ސުމެއް!

ދައުލަތުގެ މީޑިޔާ ކުންފުނި ޕަބްލިކް ސާވިސް މީޑިޔާއިން ފާއިތުވި އަހަރު ފޯރުކޮށްދިން ޚިދުމަތާ ގުޅޭ ގޮތުން އެ ކުންފުނިން ޓުވިޓާގައި ކުރި ސުވާލަކަށް ޖަވާބުދިން އެންމެންހެން އެ ކުންފުނީގެ ޚިދުމަތާމެދު ހިތްހަމަނުޖެހޭ ކަމަށް ބުނެފިއެވެ.

ޕީއެސްއެމްގެ ޚިދުމަތާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުރި ޓުވީޓު

ޕީއެސްއެމްގެ ސުވާލަށް ޖަވާބު ދެމުން އިމްރާން ނަމުގައި ޓުވީޓުކުރި މީހަކު ބުނީ ޕީއެސްއެމްގެ ޚިދުމަތްތައް ގިނަ ރައްޔިތުން ބަލައިނުގަންނަ ކަމަށެވެ. އެގޮތުން އަބަދުވެސް ޕީއެސްއެމްއިން މަސައްކަތްކުރަނީ އެއިރެއްގައި ވެރިކަމުގައި އޮންނަ ސަރުކާރެއް ދިފާޢުކުރުމަށް ކަމުގައިވެސް އޭނާ ބުންޏެވެ. އަދި ވަކިއަތަކަށް ނުޖެހި ޕީއެސްއެމްއިން ޚަބަރު ގެނެސްދޭ ދުވަހަކީ ހެޔޮ ވެރިކަމެއް ރާއްޖޭގައި ޤާއިމުވެއްޖެކަން އެނގޭނެ ދުވަސް ކަމުގައިވެސް އޭނާ ބުންޏެވެ.

ޕީއެސްއެމްގެ ޓުވީޓަށް ޖަވާބުދެމުން އިތުރު މީހަކު ބުނެފައިވަނީ ޕީއެސްއެމްއިން ކުރާ ހަމައެކަނި ކަމަކީ ސަރުކާރަށް ސަނާ ކިޔުމާއި ލަވަޖެހުން ކަމަށެވެ. ދީނީ އަދި އެނޫންވެސް މައުލޫމާތު ފޯރުކޮށްދީ ޑޮކިއުމެންޓަރީ ފަދަ ތަކެތި ތައްޔާރުކޮށް ގެނެސްދިނުމަށް އޭނާ އެދުނެވެ.

މުޙައްމަދު ޢަރީފު ފާހަގަކުރީ ޕީއެސްއެމުން އެއްވެސް އައު އުފެއްދުމެއް ނުގެންނަ ކަމެވެ. އެގޮތުން މުޅިންވެސް އެންމެ ބޮޑު އަރުޝީފޭ ކިޔާފައި ދައްކަނީ ދައްކާ އެކައްޗެއް ކަމުގައެވެ. އައު ކޮންމެވެސް އެއްޗެއް ގެނެސްދިނުމަށް އޭނާ ގޮވައިލިއެވެ. އޭގެ އިތުރަށް އޭނާ ފާހަގަކުރީ އަރުޝީފުން ސަލާމަތްނުވާ ކަމެވެ.

ނާއިލް މަނިކުވެސް ފާހަގަކުރީ ރިޕީޓުކޮށް އެއް ޕްރޮގުރާމުތަކެއް ދައްކާ ކަމެވެ.

ރައްޔިތުންގެ ފައިސާ ނަގައިގެން ހުސް ރިޕީޓު ޕްރޮގްރާމު ދެއްކީ
ނާއިލް މަނިކު

މުޙައްމަދު ރަމީޒު އަޙްމަދުގެ ނަމުގައި ޓުވީޓުކުރި މީހަކު ކިޔައިދިނީ އަވައްޓެރި ޤައުމެއްގެ ޑޮކްޓަރަކު ވިދާޅުވި ވާހަކައެކެވެ. އޭނާ ވިދާޅުވީ ޕީއެސްއެމްގެ ގޮތުގަށް އެއްވެސް ޤައުމެއްގެ ދައުލަތުގެ މީޑިޔާ މަސައްކަތްކުރާ ތަނެއް ދެކެވަޑައިނުގަންނަވާ ކަމުގައެވެ. އަދި މެންދުރު ނަމާދަށްފަހު ދޭއްޖަހަންދެން ދައްކަމުންދިޔަ ލަވަ ޕްރޮގުރާމަކަށް އިޝާރާތްކުރައްވައި އެފަދަ ޕްރޮގުރާމުތަކަކީ އެއްވެސް ޤައުމެއްގައި ދައުލަތުގެ މީޑިޔާއިން ދައްކާ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މުޙައްމަދު ރަމީޒު ވިދާޅުވީ ރާއްޖޭގެ އާންމުންގެ އަޚުލާޤާ ނުގުޅޭ ލަވަތަކާއި ހެދުންތަކާއި ނެށުންތައް މުނިފޫހިފިލުވުމުގެ ނަމުގައި ދެއްކުމަކީ ދައުލަތުގެ މީޑިޔާއިން ފޯރުކޮށްދޭ ޚިދުމަތެއް ނޫން ކަމަށެވެ. އަދި މުހިއްމީ މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުވާނެ ފަދަ މައުލޫމާތާއި ޚަބަރު ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރު މީހަކު ތުހުމަތުކުރި ގޮތުގައި ޕީއެސްއެމް ހިންގަނީ ސިޔާސީ އައްޑާއެއްގެ ގޮތުގައެވެ. އެމްޑީޕީގެ ހިމާޔަތުގައި ރިޕޯޓު ހަދައިގެން ދެއްކުން ނޫން ކަމެއް އެތަނުން ނުކުރާ ކަމަށާއި، ދައުލަތުގެ މީޑިޔާއަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ މީޑިޔާ ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މީޑިޔާ ކަމަށް އޭނާ ބުންޏެވެ.

މިފަދައިން ގިނަ ބައެއްގެ ފާޑުކިޔުން ޕީއެސްއެމްއަށް އަމާޒުވެފައިވާއިރު، މާލެ ސިޓީއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ޑރ.މުޙައްމަދު މުޢިއްޒުގެ އަގުވެއްޓޭ ގޮތަށް އެންޓި ކެމްޕޭނު ލިޔުމެއް އިއްޔެ ޕީއެސްއިން ޝާއިޢުކުރިކަންވެސް ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ