Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައި ކޯޓު

ބަޑިއާއި ގޮވާތަކެތި ގެންގުޅުނު ކަމަށް ބުނާ ދެ މީހެއްގެ މައްސަލަ އަލުން ބަލަން ހައިކޯޓުން އަމުރުކޮށްފި

ދެ މީހެއްގެ މައްޗަށް ބަޑިއާއި ގޮވާ ތަކެތި އުފައްދަން ބޭނުންކުރާ ތަކެތި ގެންގުޅުނު ކަމަށް ބުނެ ކުރި ދައުވާ އަލުން ބަލުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
އެ މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރީ ލ. ގަން ހިމާޔަތް، މޫސާ ޔޫސުފާއި އަދި ދަފްތަރު ނަމްބަރު 7102 ހަސަން ނަސީމުގެ މައްޗަށެވެ. އެ މައްސަލައަކީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، މާލޭގެ ގެއަކުން ބަޑި އާއި ގޮވާ ތަކެތި އުފައްދަން ބޭނުންކުރާ ތަކެތި ފެނިގެން އެމީހުންގެ މައްޗަށް ކުރި ދައުވާއެވެ.
މި މައްސަލާގައި 2016 ވަނަ އަހަރު ތަހުގީގު މަރުހަލާގައި ގާނޫނާއި ހިލާފަށް ފުލުހުން ހެކި ހޯދި ކަމަށް ބުނެ، ދަށު ކޯޓުން އެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފައި ވެއެވެ. އަދި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ވަނީ، އެއީ ދައުވާ ލިބޭ ހަސަން ނަސީމު ކުއްޔަށް ހިފާފައިވާ ތަނެއް ކަމަށާއި، ނަސީމު ނޫޅޭ ވަގުތު ތަކުގައި ދައުވާ ލިބޭ މޫސަ ވެސް އެގެއަށް ވަދެ އުޅުނު ކަމަށެވެ.
އެހެންކަމުން ހައި ކޯޓުން ހުކުމް ކުރީ ކޯޓު އަމުރުގެ ބޭނުމަށް ވެރިފަރާތް ކަމަށް ބަލަން ވާނީ އެތަނުގެ މައްޗަށް އެވަގުތު ބާރު އޮތް ފަރާތް ކަމަށެވެ. އެ އަމުރުގެ ދަށުން އެތަން ބަލާ ފާސްކުރި ވަގުތު އެތަނުގެ މައްޗަށް ބާރު އޮތް ފަރާތަކީ މޫސާ ޔޫސުފް ކަމަށާއި، އެތަން ފާސްކޮށް ހެކި ހޯދީ ގާނޫނާ ހިލާފަށް ކަމަށް ނުބެލެވޭ ކަމަށް ހުކުމުގައިވެއެވެ. އެހެން ނަމަވެސް ހެކިތައް ވަޒަންކޮށް ދަށު ކޯޓުން މައްސަލަ ނިންމާފައި ނެތުމުން އެމައްސަލަ އަލުން ބެލުމަށް ނިންމާފައިވާ ކަމަށް ހުކުމުގައި ބުނެފައި ވެއެވެ.
މި ލިއުމާއި ގުޅޭ