Friday 26th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބީއެމްއެލް

ބީއެމްއެލްއަށް ހަމަލާދީ، އެއީ ދުޝްމަނުން: ނަޝީދުގެ ކުރީގެ ތަރުޖަމާނު

ބޭންކް އޮފް މޯލްޑިވްސްއަށް ހަމަލާ ދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުގައި އެމަނިކުފާނުގެ ތަރުޖަމާނުގެ މަޤާމު އަދާކުރެއްވި މުހައްމަދު ޒުހައިރު ގޮވާލައިފިއެވެ.

މިއަދު ކުރި ޓުވީޓެގައި ޒުހެއިރު ވަނީ ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ބޭންކު މެދުވެރިކޮށް ފައިސަ ނެގޭ މިންވަރު މަދުކޮށް އެމީހުން ބިކަކުރުމުގައި ބައިވެރިވާ ބީއެމްއެލްއާއި ސަރުކާރަށް ނިސްބަތްވާ މުޖުރިމުން "ބަލިކޮށްލުމަށް" ގޮވާލާފައެވެ. އަދި އެމްޑީޕީ އާއި ޕީޕީއެމްގައި ވެސް މިކަމަށް އެދިފައިވާނެ ކަމަށާއި ދެން ގޮވާލަނީ މާލޭގައި އުޅޭ ގޭންގުތަކުން ބީއެމްއެލްއަށް ހަމަލާ ދިނުމަށް ކަމަށްވެސް ޒުހެއިރު ބުނެފައިވެއެވެ. އަދި އެއީ ދުޝްމަނުންގެ ގޮތުގައި ޒުހެއިރު ސިފަކޮށްފައިވެއެވެ.

ކޮވިޑު-19 އާއި ގުޅިގެން ދިވެހިރާއްޖެއަށް ޑޮލަރު ލިބުން ދަތިވެފައިވާތީ ބޭންކް އޮފް މޯލްޑިވްސް އިން ވަނީ އޮންލައިންކޮށް ބޭރު ފައިސާ އިން ޓްރާންސެކްޝަން ހެދޭ މިންވަރާއި، ރާއްޖެއިން ބޭރުން އޭޓީއެމްތަކުން ފައިސާ ނެގޭ މިންވަރު މަހެއްގެ މައްޗަށް 250 ޑޮލަރަށް ލިމިޓުކޮށްފައެވެ. އެހެން ނަމަވެސް ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އެ ލިމިޓު އިތުރު ކުރުމުގެ ފުރުސަތު އޮންނަނީ ހުޅުވާލާފައެވެ.

ބޭންކަށް ހަމަލާ ދިނުމަށް ޒުހެއިރު ގޮވާލާފައިވަނީ ބޭރުގައި އުޅޭއިރު ފައިސާ ނެގޭ މިންވަރު މަދުވުމުން ކަމަށް އޭނާގެ ޓުވީޓުން ދޭހަވެއެވެ. 2012 ވަނަ އަހަރު އިތުރު ބަޔަކާއި އެކު ފަޅުރަށެއްގައި މަސްތުވާތަކެތި ބޭނުން ކުރަން ހުއްޓައި ފުލުހުން ހައްޔަރު ކުރުމުން ޒުހެއިރު ވަނީ ފަހުން ފިލައިގެންގޮސް ލަންކާއަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އޭގެ ފަހުން އޭނާ އަދި ރާއްޖެއަށް އައިސްފައި ނުވެއެވެ. ޒުހައިރަކީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ތަރުޖަމާނެއެވެ.

މި ލިއުމާއި ގުޅޭ