Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮވިޑު-19

ކޮވިޑު-19: މިއަދުވެސް ގިނަ ބަޔަކު ޕޮޒިޓިވްވެއްޖެ

މިއަދުވެސް ދިވެހިރާއްޖެއިން ގިނަ ބަޔަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި އިއްޔެ 18:00 އިން ފެށިގެން މިއަދު 18:00 ގެ ނިޔަލަށް 59 މީހުން ވަނީ ކޮވިޑު-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 17 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 33 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 9 މީހުންނެވެ. މިއަދު 59 މީހުން ޕޮޒިޓިވްވި އިރު އިއްޔެވެސް ހަމަ އެ އަދަދަށް މީހުން ޕޮޒިޓިވް ވިކަން ފާހަގަކޮށްލެވެއެވެ.
މިހާތަނަށް މުޅި ރާއްޖެއިން 14277 މީހުންނަށް މި ބަލި ޖެހިފައިވާއިރު މިވަގުތު 783 އެކްޓިވް ކޭސް އެބައުޅެއެވެ. އަދި ހޮސްޕިޓާތަކުގައި އެޑްމިޓްކޮށްގެން 5 މީހުންނަށް ފަރުވާ ދެމުން އެބަދެއެވެ.
ރާއްޖޭގައި ކޮވިޑު-19 ޖެހިގެން މިހާތަނަށް މަރުވެފައިވަނީ 49 މީހުންނެވެ.
މި ލިއުމާއި ގުޅޭ