Sunday 17th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސަރުކާރުގެ ހަރަދު

ފާއިތުވި އަހަރު ދަތުރު ކުރުމަށް ސަރުކާރުން 141 މިލިއަން ހަރަދުކުރި

ނިމިގެން ދިޔަ 2020 ވަނަ އަހަރު ސަރުކާރުން ދަތުރުތަކަށް 141.3 މިލިއަން ރުފިޔާ ހަރަދުކުރިކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ނެރެފައިވާ ދައުލަތުގެ މާލީ ހިސާބުތައް ދައްކާގޮތުން ފާއިތުވި އަހަރުގެ ޖެނުއަރީ 1 އިން ޑިސެމްބަރު 31 ގެ ނިޔަލަށް ސަރުކާރުން ވަނީ ދަތުރުތަކަށް 141.3 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މިދިޔަ އަހަރު ދަތުރުތަކަށް ބަޖެޓުކޮށްފައިވަނީ 237.8 މިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް ކޮވިޑު-19 އާއި ގުޅިގެން މިދިޔަ އަހަރު ދަތުރުތައް ނުކުރެވުމުގެ ސަބަބުން ދަތުރު ބަޖެޓުގެ ބޮޑުބައި ވަނީ ބޭނުން ނުކުރެވިފައެވެ.

މި ހިނގާ 2021 ވަނަ އަހަރަށް ދަތުރުތަކަށް ސަރުކާރުން ވަނީ 170.6 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ. މިއަހަރުގެ ބަޖެޓަށް ބަލާއިރު ރާއްޖޭގެ އެތެރޭގައި ކަނޑުމަގުން ކުރާ ދަތުރުތަކަށް 35 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި ރާއްޖެ ތެރޭގައި އެއްގަމު މަގުން ކުރާ ދަތުރުތަކަށް 7.1 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި ރާއްޖޭގެ އެތެރޭގައި ވައިގެ މަގުން ކުރާ ދަތުރުތަކަށް 37.9 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް 50.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ބިދޭސީންނަށްދެވޭ ދަތުރު ހަރަދުގެ ގޮތުގައި 34.1 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި އެހެނިހެން ދަތުރު ހަރަދުގެ ގޮތުގައި 6.2 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ރައީސް ސޯލިހްގެ ވެރިކަމުގެ ފުރަތަމަ އަހަރުގައި އެމަނިކުފާނުގެ ދަތުރުތަކަށް އެކަނި 16.4 މިލިއަން ރުފިޔާ ވަނީ ހަރަދުކުރައްވާފައެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ދަތުރު ކުރެއްވުމަކީ އެމަނިކުފާނު ވަރަށް ކުރާ ހިތްވާ ކަމެކެވެ.

މި ލިއުމާއި ގުޅޭ