Sunday 17th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ބަނދަރު ތިލަފުއްޓަށް ގެންގޮސް ގުޅިފަޅު މާލެ ރައްޔިތުންނަށް ގެދޮރު ފޯރުކޮށްދިނުމަށް ޚާއްޞަކުރައްވާ: ޑރ.މުޢިއްޒު

ގުޅިފަޅުގައި މިސަރުކާރުން ތަރައްޤީކުރަމުންދާ ބަނދަރު ކުރިންވެސް ނިންމާފައިވާ ގޮތުގެ މަތިން ތިލަފުއްޓަށް ބަދަލުކުރައްވައި ގުޅިފަޅު ބޯހިޔާވެހިކަމުގެ މަޝްރޫޢުތަކަށް ޚާއްޞަކުރެއްވުމަށް ޕީޕީއެމްގެ ނައިބުރައީސް އަދި އެ ޕާޓީން މާލެ ސިޓީ މޭޔަރުކަމަށް ކުރިމަތިލައްވާ ކެނޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ގުޅިފަޅު މަޝްރޫޢު އިއުލާނުކުރެއްވީ ގުޅީފަޅަކީ ތިލަފުށީގައި ބިނާކުރެއްވުމަށް އެއިރު ނިންމެވި ވިޔަފާރި ބަނދަރާ ގުޅިފައިވާ ޕޯޓު ސިޓީއެއްގެ ގޮތުގައެވެ. އަދި އެތަނުގައިވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ގޮތަށް ފުލެޓުތައް އެޅުމާއެކު ގޯތި ދޫކުރަންވެސް ޕްލޭންކޮށްފައިވެއެވެ.

ނަމަވެސް މި ސަރުކާރަށް ވެރިކަން ލިބި އެ މަޝްރޫޢު އެއިރު ރާވާފައި އޮތް ގޮތަށް ބަދަލު ގެނެސް ތިލަފުށީގައި ބިނާކުރަން ނިންމި ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރަން ނިންމިއެވެ. އެކަމުގެ ސަބަބުން ބޯހިޔާވަހިކަމަށް ކަނޑައެޅި ބިމުން ބޮޑު ބައެއް ގެއްލިގެން ދިޔަ ކަމުގައި އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ޑރ.މުޢިއްޒު ވިދާޅުވީ ގުޅިފަޅުގައި ބަނދަރު ތަރައްޤީކުރުމުގެ ބަދަލުގައި އެ ތަނަކީ މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޚާއްޞަ މަންޒިލެއް ކަމުގައި ހަދަން އަދިވެސް ވަގުތު ފާއިތުނުވާ ކަމުގައެވެ.

އަދި މިހާރުވެސް ސަރުކާރުން ބޭނުންވެއްޖެނަމަ ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމުގައި ވިދާޅުވެ ޑރ.މުޢިއްޒު ވިދާޅުވީ މާލެ ރައްޔިތުންގެ ޙައްޤުގައި މިކަން ކޮށްދިނުމަށް ސަރުކާރުގައި އާދޭސް ދަންނަވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ