އިޒްރޭލަށް އުދުހެން ދެކޮޅު ހެދުމުން އެމިރޭޓްސް އެއާލައިންގެ ޕައިލެޓަކު ސަސްޕެންޑުކޮށްފިއެވެ.
މުނިމް ސާހިބް އަލް ތަބާ ނަމަކަށް ކިޔާ ތޫނިސްއަށް ނިސްބަތްވާ ޕައިލެޓު ދެކޮޅު ހެދީ އިޒްރޭލުގެ ވެރިރަށް ތެލްއަވީވަށް ދަތުރުކުރުމަށެވެ. އެކަމާއި ގުޅިގެން އެމިރޭޓްސް އިން ވަނީ އޭނާ ސަސްޕެންޑުކޮށްފައެވެ.
އެކަމާއި ގުޅިގެން ފޭސްބުކްގައި މުނިމް ބުނެފައިވާ ގޮތުގައި ތެލްއަވީވަށް ދާން ދެކޮޅު ހެދުމުން އޭނާ ސަސްޕެންޑުކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެކަމާއި އޭނާ ހިތާމަ ނުކުރާކަމަށެވެ. އަދި ވާގި އެދެނީ މާތް ﷲ ގެ ހަޟްރަތުން ކަމަށް ބުނެފައިވެއެވެ. އެމިރޭޓްސް އިން ވަނީ އެ އެއާލައިންގެ ޑިސިޕްލިނަރީ ކޮމިޓީން އެ މައްސަލަ ބެލުމަށް މިހާރު ނިންމާފައެވެ.
އިޒްރޭލާއި ޔޫއޭއީ އާއި ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަސްތެރޭގައެވެ. އަދި އެފަހުން އެމިރޭޓްސް ވަނީ އިޒްރޭލަށް ދަތުރުކުރަން ފަށާފައެވެ.
އަދި އެމިރޭޓްސް މެދުވެރިވެގެން ބައެއް އެހެން އިސްލާމީ ޤައުމުތަކުންވެސް މިހާރު ވަނީ އިޒްރޭލާއި ގުޅުން ޤާއިމްކޮށްފައެވެ.