Sunday 17th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ދިޔަރެސް ނޫހުން އުޅެނީ ފެނަކަ އާއި މެދު އާންމުންގެ މެދުގައި ޝައްކާއި ވަހުމް އުފައްދަން: ފެނަކަ

"ދިޔަރެސް" ނޫހުން އުޅެނީ ފެނަކަ ކޯޕަރޭޝަނާއި މެދު އާންމުންގެ މެދުގައި ޝައްކާއި ވަހުމް އުފައްދައި އެ ކުންފުނީގެ ނަން ކިލަނބުކުރަން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ކުންފުނިން މިގޮތަށް ބުނެފައިވަނީ، އެ ކުންފުނިން އަމިއްލަ ފަރާތްތައް މެދުވެރިކޮށް ކުރުވި ބައެއް މަސައްކަތްތަކަށް ފައިސާ ނުދީ ހިފަހައްޓާފައިވާކަމަށް ބުނެ "ދިޔަރެސް" އިން ހަބަރެއް ޝާއިއު ކުރުމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ. މިއަދު ނެރުނު އެ ބަޔާނުގައި ފެނަކައިން ބުނެފައިވަނީ މަސައްކަތް ކުރުވާފައި، އެ ކުރުވާ އެއްބަސްވުމުގައި އޮންނަ އުސޫލުގެ ދަށުން ހުރިހާ ކޮންޓްރެކްޓަރުންނަށްވެސް ފައިސާ ދޫކުރަމުން ދާކަމަށެވެ.

އަދި ފެނަކައިގެ ބަހެއް ނުހޯދާ ދިޔަރެސް އިން އެ ހަބަރު ގެނެސް ދިނީ ވަކި ފަރާތަކަށް ބުރަވެ ތިބެގެން ކަމަށް ފެނަކައިގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ފެނަކައިން ބުނެފައިވަނީ، ދިޔަރެސް ފަދަ މަދު މީޑިއާތަކުން ފަތުރާ "ހަގީގަތާއި ހިލާފު" ވާހަކަތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހިނދުކޮޅަކަށްވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.

ފެނަކައިން މިފަދަ ބަޔާނެއް ނެރެފައިވާއިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އާއި ގުޅޭ ކޮރަޕްޝަންގެ އެތައް މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ