Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން

ކެމްޕޭނުކުރުމުގެ ހަމަހަމަ ފުރުޞަތެއް ނެތް: އިދިކޮޅު

އަންނަ އޭޕްރީލް މަހުގައި ބާއްވަން އުޅޭ ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ކެނޑިޑޭޓުންނަށް ކެމްޕޭންކުރުމުގެ ހަމަހަމަ ފުރުޞަތު ނުލިބޭ ކަމަށް ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ބުނެފިއެވެ.
މިއަދު ހަވީރު އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން ދަތުރުކުރުމަށް ހުރަސްތަކެއް ހުރި ނަމަވެސް ސަރުކާރުގެ ވެރިން ރަށްރަށަށް ވަޑައިގެން އެމްޑީޕީގެ ކެނޑިޑޭޓުންނަށް ކެމްޕޭންކުރައްވާ ކަމަށެވެ. އަދި މިހާތަނަށް އެ ފުރުޞަތު އިދިކޮޅަށް ނުލިބޭ ކަމުގައި އޭނާ ފާހަަގަކުރެއްވިއެވެ.
ޕީޕީއެމް، ޕީއެންސީ ކެންޑިޑޭޓުންނަށް ވެސް އަދި ލީޑާޝިޕަށް ވެސް ދަތުރުފަތުރު ކުރެވޭނެ ގޮތާއި ހަމަހަމަ ފުރުސަތުތައް އަޅުގަނޑުމެންނަށް ލިބޭނެ ގޮތަށް މި ގައިޑްލައިން ތައްޔާރުކޮށް ދެއްވާށޭ
ހީނާ ވަލީދު، އިދިިކޮޅު ކޯލިޝަނުގެ ތަރުޖަމާން
އޭގެ އިތުރަށް ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ބޮޑެތި އިންތިޚާބުތައް ބާއްވާފައިވާކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ އިންތިޚާބު ބޭއްވުމުގައި ސަރުކާރު ނުކުޅެދުންތެރިވުމުން އެނގެނީ މި ސަރުކާރުގެ ރޭވުންތެރިކަމެއް ނެތްކަން ކަމުގައެވެ. އިލެކްޝަންސް ކޮމިޝަނަށްވެސް އޭނާ ފާޑުވިދާޅުވިއެވެ.
އަޅުގަނޑުމެން ގަބޫލެއް ނުކުރަން ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ނުކުރާނެ ކަމަކަށް ވެސް. އެހެން ނަމަވެސް އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ މިކަންކަމަށް ފާރަވެރިވާނަން އަދި މިކަންކަމާ ބެހޭގޮތުން އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން އަޑު އުފުލާ ނަން. އަދި އަޅުގަނޑުމެންގެ ކެންޑިޑޭޓުންގެ ހައްގުގައި ދާން ޖެހުނު ކޮންމެ ހިސާބަކަށް ވެސް ދާނަން
ހީނާ ވަލީދު، އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާން
އިލެކްޝަންސަށް ފާޑުވިދާޅުވަމުން ހީނާ ވިދާޅުވީ އެ ކޮމިޝަނުންވެސް އެކިފަހަރު ވާހަކަދައްކަނީ އެކި ގޮތަށް ކަމުގައެވެ. ނަމަވެސް ސަރުކާރުން އިންތިޚާބު ފަސްކުރަން މަސައްކަތްކުރަނީ އިންތިޚާބުން ބަލިވާނެކަން ކަށަވަރުވާތީ ކަމަށާއި، އިންސާފުވެރި އިންތިޚާބެއް ބާއްވައިފިނަމަ، އިދިކޮޅުން އިންތިޚާބު ކާމިޔާބުކުރާނެ ކަމުގައި ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ