Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެޗްޕީއޭ

ވެކްސިން ލިބޭނެ ވަކި ތާރީހެއް އެޗްއީއޯސީން ހާމައެއް ނުކުރި

ކޮވިޑް-19 ބަލީގެ ވެކްސިން މި މަސްތެރޭ ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމުގައި ހެލްތު މިނިސްޓަރު އަޙްމަދު ނަސީމު ވިދާޅުވެފައިވީ ނަމަވެސް ވެކްސިން ރާއްޖެ އަށް ގެނެވޭނެ ސީދާ ތާރީހެއް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ހާމައެއް ނުކުރިއެވެ.
މީގެކުރިން މިނިސްޓަރު ނަސީމް ވިދާޅުވީ ކޮވިޑް-19އިން ރައްކާތެރިވުމަށް ބޭނުންކުރާ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓު މި މަސް ނިމުމުގެ ކުރިން ގެންނަވަން މަސައްކަތްކުރައްވާ ކަމުގައެވެ.
އަދި ރާއްޖެއަށް ފުރަތަމަ ގެންނަނީ ކޮން ވެކްސިނެއްކަން ސާފުކޮށް އެމަނިކުފާނު އޭރު ވިދާޅުނުވެއެވެ. ނަމަވެސް ސިންގަޕޫރުގެ ކުންފުންޏެއް މެދުވެރިކޮށް އެސްޓްރާޒެނަކާ- އޮކްސްފޯޑު ވެކްސިން ގެނައުމުގެ އެއްބަސްވުން އެކުލަވައިލުމުގެ ހުއްދަ ދިނުމަށް ފިނޭންސް މިނިސްޓްރީންވަނީ ނިންމާފައެވެ.
ނަމަވެސް އެކަމާއި ގުޅޭ ގޮތުން އެޗްއީއޯސީ އިން ބުނެފައި ވަނީ އެކަމާއި ގުޅޭ ވަކި ތާރީހެއް އަދި ދެވެން ނެތް ކަމަށެވެ. ނަމަވެސް ކޮވިޑް ވެކްސިން ރާއްޖެ އަށް ލިބޭނެ ކަމުގެ ޔަގީންކަން މިއަދުވެސް އެޗްއީއޯސީ އިން ވަނީ ދީފައެވެ. އަދި އެކަމާއި ގުޅޭ ގޮތުން ލިބޭ މައުލޫމާތުތައް ހާމަ ކުރަމުން ގެންދާނެ ކަމަށްވެސް އެޗްއީއޯސީ އިން މައުލޫމާތުދެއެވެ.
އެސްޓްރާ ޒެނެކާ ވެކްސިނަކީ އިނގިރޭސިވިލާތުގެ އިތުރުން އެއްވަނަ ދުނިޔޭގެ ބައެއް ޤައުމުތަކުގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ވެކްސިނެއްކަން ފާހަގަކުރެވެއެވެ.
މި ލިއުމާއި ގުޅޭ