Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުލައިމެޓު ޗޭންޖު

ޓައިވާނުގެ ފަރުތައް މަރުވަނީ

ޓައިވާނުގެ ފަރުތައް މަރުވަމުންދާ ކަމަށް އެ ޤައުމުން ރިޕޯޓުކޮށްފިއެވެ.
އެ ޤައުމުގެ ފަރުތަކުގެ ތިން ބައިކުޅަ އެއްބައި މިހާރު ދަނީ މަރުވަމުންނެވެ. ފަރުތައް މަރުވަމުން ދަނީ ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މުރަކަތަށް ހުދުވުމުގެ ސަބަބުންނެވެ. އަދި މިކަމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ނުހަނު ގެއްލުން ވާނެ ކަމަށް ކަމާައި ބެހޭ ތަޖުރިބާކާރުން ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ޓައިވާނުގެ 62 ސަރަހައްދެއްގައި ޓައިވާން ކޮރަލް ބްލީޗިން އޮބްޒަވޭޝަން ނެޓްވޯކުން ކުރި ދިރާސާތަކުން ދައްކާގޮތުގައި ރެކޯޑު މިންވަރަކަށް މުރަކަ ހުދުވުމުގެ މައްސަލަވަނީ ކުރިމަތިވެފައެވެ. އަދި ޖުމްލަ 31 އިންސައްތަ ފަރުތައް ވަނީ އަލުން ރަނގަޅު ނުކުރެވޭވަރަށް ހަލާކުވެފައެވެ.
ކަނޑުގެ ލޮނުގަނޑު ހޫނުވަމުންދަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ. ލޮނުގަނޑު ހޫނު ވުމުން މުރަކައިގެ ދިރުން ނެތިދެއެވެ. ޓައިވާނުގައި މިދިޔަ އަހަރު ހެދި ދިރާސާތަކުން ދައްކާގޮތުން އެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދުގައި ފެނުގެ ފިނި ހޫނުމިން ހުރީ 30 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީގައެވެ.
މި ލިއުމާއި ގުޅޭ