Sunday 17th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަން

ފްރާންސްގެ ޓްރެވަލް އެޖެންސީއާކާއި އެކު ރާއްޖެ އިޝްތިހާރުކުރަނީ

ފްރާންސްގެ އެންމެ ބޮޑު އޮންލައިން ޓްރެވަލް އެޖެންސީ، އޮޑީޖިއޯއާ ގުޅިގެން ފްރާންސްގައި ރާއްޖެ އިޝްތިހާރުކުރަން އެމްއެމްޕީއާރުސީން ޑިޖިޓަލް ކެމްޕޭނެއް ފަށައިފިއެވެ.

މި ކެމްޕެއިންގެ ދަށުން އޮޑީޖިއޯގެ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ އެކައުންޓަތަކުގައި ދިވެހިރާއްޖެ އިޝްތިހާރު ކުރާނެއެވެ. މި ޑިޖިޓަލް ކެމްޕޭން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ދެ މަސް ދުވަހުގެ މުއްދަތަށެވެ. އެމްއެމްޕީއާރުސީން ފްރާންސްގައި ފެށި ޑިޖިޓަލް މާކެޓިން ކެންޕެއިންގެ މަގްސަދަކީ ފްރާންސްގައި ރާއްޖެ އިޝްތިހާރުކޮށް އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށް އެކުންފުނިން ބުނެއެވެ. މީގެއިތުރުން އޯޓީއޭތަކާއި ގުޅިގެން އެގައުމުގެ ރައްޔިތުން ޗުއްޓީ ހޭދަކުރަން އެންމެ ރައްކާތެރި ގައުމަކީ ރާއްޖެކަން އަންގައިދިނުން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އޮޑީޖިއޯ ވެބްސައިޓަށް މަހެއްގެ މައްޗަށް 1.6 މިލިއަން މީހުން ޒިޔާރަތްކުރެ އެވެ. އޮޑީޖިއޯ ވެބްސައިޓުގައި ރާއްޖެއަށް ހާއްސަ މައިކްރޮސައިޓެއް، ޔޫރަޕަށް ހާއްސަ ވެބް ޕޭޖްގައި ވަނީ ހަމަޖައްސާފައެވެ. އެމްއެމްޕީއާރުސީން ބުނީ، މި މައިކްރޮސައިޓް މެދުވެރިކޮށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި، ފަތުރުވެރިންނަށް ތަޖުރިބާކުރެވެން ހުންނަ ތަފާތު ކަންކަން ދައްކުވައިދޭނެކަމަށެވެ. މައިކްރޮސައިޓުގެ އިތުރުން އޮޑީޖިއޯގެ ވެބްސައިޓަށް ވަންނަ ކޮންމެ މީހަކަށް ދިވެހިރާއްޖޭގެ މައުލޫމާތު ހިމެނޭ އީމެއިލް ވެސް ފޮނުވާނެއެވެ.

ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު މިހާތަނަށް ފްރާންސްއިން ރާއްޖެއަށް 5،677 ފަތުރުވެރިން ވަނީ އައިސްފައެވެ.

މި ލިއުމާއި ގުޅޭ