Wednesday 27th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަން

ބޯޑާ މައިލްސްގެ ފުރަތަމަ ޕާޓްނަރަކަށް ކްރޮސްރޯޑް ހަމަޖައްސައިފި

މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމްގެ ފުރަތަމަ ޕާޓްނަރަކަށް ކްރޮސްރޯޑްސް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މި ޕްރޮގްރާމްގެ ޕާޓްނަރުންނަށް ވުމަށް އާއްމުކޮށް ހުޅުވާލީ މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މިއީ ދުނިޔޭގެ ފުރަތަމަ ބޯޑާ މައިލްސް ޕްރޮގްރާމް ކަމަށްވާއިރު، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ފަތުރުވެރިންނަށް ހިދުމަތްދޭ އަދި ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅުންހުރި ހުރިހާ ވިޔަފާރިތަކަށްވެސް ޕާޓްނަރަކަށް ވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމަކީ ރާއްޖެ އަންނަ ފަތުރުވެރިންނަށް ގިނަ ޕްރިވިލެޖްތަކެއް ލިބޭގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮގްރާމެކެވެ. އަދި ފަތުރުވެރިންނަށް އެކި ކަހަލަ ބެނެފިޓްތައް ރިސޯޓުތަކުން ލިބިގެންދާނެއެވެ. އަދި އެ ފަތުރުވެރިންނަށް އެކްސްކްލޫސިވް ހިދުމަތްތަވެސް އެފަރާތްތަކަށް ލިބިގެންދާނެ އެވެ. މި ޕްރޮގްރާމުގެ ދަށުން ފަތުރުވެރިން ރާއްޖެއަށް އަންނަ ކޮންމެ ފަހަރަކު ޕޮއިންޓް ލިބޭނެއެވެ. އަދި ޕޮއިންޓު އެއްކޮށްގެން ޕްރޮގްރާމުގެ ޕާޓްނާ ތަންތަނުން ޑިސްކައުންޓު ލިބޭނެއެވެ. މި ޕްރޮގްރާމުގެ ދަށުން ތަފާތު ކަންކަމުގައި އަންނަ ފަތުރުވެރިންނަށް ލިބޭ ޕޮއިންޓުތައްވެސް ތަފާތު ވާނެއެވެ. އަދި ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދަށް ބަލައި ވެސް ޕޮއިންޓުތައް އިތުރުވާނެ އެވެ.

ފަތުރުވެރިންނަށް މި ސްކީމް މެދުވެރިކޮށް ޕޮއިންޓް ލިބިގެންދަނީ ބޯޑާ ހުރަސްކުރާއިރު އާއި ހާއްސަ މުނާސަބަތުގައި ކުރާ ދަތުރުތަކަށެވެ. ޕޮއިންޓް ސިސްޓަމް ވަނީ ތިން ފަންތިއަކަށް ބަހާލާފައެވެ. އެއީ ބްރޮންޒް، ސިލްވާ އަދި ގޯލްޑެވެ. އެގޮތުން ބްރޮންޒް އަށް ދީފައިވާ ނަމަކީ "އައިދަ" އެވެ. ސިލްވާ އަށް "އަންތަރަ" އަދި ގޯލްޑް އަށް "އަބާރަނަ" އެވެ. މީގެތެރެއިން އައިދަ ދަރަޖަ ހޯދަން 500 ޕޮއިންޓު ހޯދަން ޖެހޭއިރު، އަންތަރަ ދަރަޖަ ހޯދަން 2،000 ، އަދި އަބާރަނަ ދަރަޖަ ހޯދަން 4،000 ޕޮއިންޓް ހޯދަން ޖެހޭނެއެވެ.

މި ލިއުމާއި ގުޅޭ