Sunday 17th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަން

ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް އައިލެންޑް ރަސްމީކޮށް ހުޅުވައިފި

ރާއްޖޭގައި މިހާތަނަށް ތަރައްޤީކުރި އެންމެބޮޑު ޕްރައިވެޓް އައިލެންޑް "ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި" ރަސްމީކޮށް ހުޅުވައިފިއެވެ.

ދިވެހިވަންތަ ގޮތްތަކަކަށް ފަރުމާކޮށްފައިވާ މި ޕްރައިވެޓް އައިލެންޑްގެ ބޮޑުމިނުގައި 32,000 އަކަމީޓަރު ހުރެއެވެ. މިރަށަކީ ޗުއްޓީ ހޭދަކުރަން އެރަށަށް ދާ ފަތުރުވެރިންނަށް "ފުލް ޕްރައިވެސީ" ލިބޭގޮތަށް ތައްޔާރުކޮށްފައިވާ ރަށެކެވެ. މާލޭން ފުރައިގެން 15 މިނެޓުގެ ރާސްތާއެއްގައި އޮންނަ އިތާފުށި ފަޅުގައި، ތަރައްޤީކޮށްފައިވާ މި ޕްރައިވެޓް އައިލެންޑުގައި 24 ކޮޓަރި ހުންނައިރު، އެހެނިހެން ގިނަ ޚިދުމަތްތަކެއްވެސް އެރަށުން ލިބޭގޮތަށްވަނީ ހަމަޖެހިފައެވެ.

ހިލްޓަންގެ ލަގްޜަރީ ބްރޭންޑްކަމަށްވާ ވޮލްޑޯފުން މެނޭޖްކޮށް ހިންގާ މި ޕްރައިވެޓް އައިލެންޑް ހުޅުވިކަން ރަސްމީކޮށް މުޅި ދުނިޔެއަށް އިޢުލާނު ކޮށްދެއްވީ ހިލްޓަން އޭޝިއާ ޕެސިފިކްގެ ރައީސް ލެވަން ވަޓްއެވެ. އަދި މިރަށް ރަސްމީކޮށް ހުޅުވިކަން އިޢުލާނު ކުރެއްވުމަށްފަހު، އޭނާ ވަނީ ވޮލްޑޯފް އެސްޓޯރިއާގެ ޓީމުން ކުރަމުންދާ ބުރަ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މާލެ އަތޮޅުގައި އޮތް ފަޅެއް ހިއްކައިގެން ތަރައްޤީކޮށްފައިވާ އިތާފުށި މޯލްޑިވްސް ހެދީ، މެދުއިރުމަތީގެ ވިޔަފާރިވެރިޔަކާއި، ހ. ސީސައިޑް މުޙައްމަދު ޢަލީ ޖަނާޙު ގުޅިގެންނެވެ. މިރިސޯޓު ހިމެނޭ 3 ރަށުގައި 138 ގެސްޓް ވިއްލާއާއި 12 ކެފޭ ރެސްޓޯރަންޓުފަދަ ގިނަ ވަސީލަތްތައް ވަނީ ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި ޤާއިމުކުރެވިފައެވެ. އަދި މިރިސޯޓު ވެފައިވަނީ މިހާރު ދުނިޔޭގެ ނަން މަޝްހޫރު މީހުން ރާއްޖޭން އެންމެ އަންނަން ބޭނުންވާ ރިސޯޓުތަކުގެ ލިސްޓުގެ ކުރީގައެވެ.

މި ލިއުމާއި ގުޅޭ