Wednesday 27th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮވިޑު-19

ދެއްވަދޫން ޕޮޒިޓިވް ރޭޓް މަތިވެ އެކްޓިވް ކޭސްތައް ގިނަވެއްޖެ

ގއ. ދެއްވަދޫން ޕޮޒިޓިވް ރޭޓް މަތިވެ އެކްޓިވް ކޭސްތައް ގިނަވެއްޖެއެވެ.

އެ ރަށު ކައުންސިލްގެ މެމްބަރަކު މިއަދު ވިދާޅުވީ ގޮތުގައި ރޭގެ 12 އާ ހަމައަށް 17 މީހަކު ޕޮޒިޓިވްވިކަން އަންގާފައިވާ ކަމަށާއި، މިއިތުރުވުމާއެކު އެރަށުގައި އެކްޓިވް ކޭސްތަކުގެ އަދަދު 33 އަށް އެރާފައިވާކަމަށެވެ.

އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ ޑައިރެކްޓް ކޮންޓެކްޓަކަށް ވެގެންނާއި، ރެންޑަމް ސާމްޕްލިންގެ ތެރެއިން ޓެސްޓްކުރި ބައެކެވެ. ނަމަވެސް އެއްވެސް މީހެއްގެ ޙާލު ސީރިއަސް ނޫން ކަމަށާއި، އެމީހުން ބައިތިއްބާފައިވަނީ އެމީހުންގެ ގޭގައިކަމަށް ކައުންސިލުން މަޢޫލޫމާތު ދެއެވެ.

ދެއްވަދޫން 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެރަށް މޮނިޓަރިންގެ ޙާލަތަށް ގެނައީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

ކައުންސިލް މެންބަރު ހާމަކުރެއްވި ގޮތުގައި ޕޮޒިޓިވްވި މީހުންގެ އެވްރެޖް ޢުމުރު އުޅެނީ 18-50 އަހަރާ ދެމެދުގައެވެ. އަދި މިހާތަނަށް އެރަށުން ޕޮޒިޓިވްވި މީހުންގެ ތެރެއިން ޢުމުރުން އެންމެ ދުވަސްވީ މީހަކީ 70 އަހަރުގެ ފިރިހެނެކެވެ. މިވަގުތު އޭނާ ބަހައްޓާފައި ހުރީ އެއަތޮޅު ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައެވެ.

"އެއްވެސް މީހެއްގެ ހާލު ސީރިއަސްއެއް ނޫން އިރާދަކުރެއްވިއްޔާ،" ދެއްވަދޫގެ ކައުންސިލް މެންބަރަކު ވިދާޅުވެފައިވެއެވެ.

މިހާތަނަށް ދެއްވަދޫން 200 އަށްވުރެ ގިނަ މީހުން ޓެސްޓުކޮށްފައިވާއިރު، އަދިވެސް ރެންޑަމް ސާމްޕްލިންގ ދަނީ ކުރިއަށެވެ. އަދި ޓެސްޓުކުރުމަށް ނަގާ ސާމްޕަލްތައް ފޮނުވަނީ މާލެއަށެވެ.

ދެއްވަދޫގެ 56 ގެއެއް މިވަގުތު ކަރަންޓީނުގެ ޙާލަތުގައި އޮތްއިރު، މިޙާލަތުނެތި ބާކީ ހުރީ 150 ވަރަކަށް ގެއެވެ.

މި ލިއުމާއި ގުޅޭ