Sunday 17th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލޯކަލް ކައުންސިލް އިންތިހާބް

ކައުންސިލް އިންތިޚާބު އަވަސްކުރަން ޤާނޫނު އިސްލާހުކުރުމުގެ ޖަލްސާ މިރޭ ބާއްވަނީ

ލޯކަލް ކައުންސިލު އިންތިޚާބު ބެހޭ ޚާއްޞަ ޤާނޫނަށް އިޞްލާޙު ގެނެސް އިންތިޚާބު ބޭއްވުން އަވަސްކުރުމަށް ރައްޔިތުން މަޖިލިހުގެ ދައުރުން ބޭރުގައި ބާއްވާ ޚާއްޞަ ޖަލްސާ މިރެއަށް ތާވަލުކޮށްފިއެވެ.

މަޖިލިހުން މިއަދު އާންމުކުރި ތާވަލުގައި ބުނެފައިވާ ގޮތުން މިރޭ 8.30 ގައި މި ޖަލްސާ އޮންނާނެއެވެ. މިއަދު އޮންނާނީ ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާ މެންބަރު ޢަލީ ނިޔާޒު ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހު މަޖިލިހަށް ހުށަހެޅުމެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އޮތްހާ ހިނދެއްގައި އިންތޚާބު ނުބޭއްވޭ ގޮތަށް ޤާނޫނު އޮތް އޮތުން އިސްލާހުކުރުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ އިންތިޚާބު ނުބޭއްވި ލަސްވާތީ ސިޔާސީ ޕާޓީތަކާއި އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ. އަދި އީސީންވަނީ ޤާނޫނު އިސްލާހުކުރަން ގޮވާލާފައެވެ.

ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ދެމި އޮތްހާ ހިނދެއްގައި އިންތިޚާބު ބާއްވާނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅުއްވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި އެ އުސޫލުތައް އާންމުކުރަން ޖެހޭނެ ކަމަށް ސަރުކާރުން އެ ބިލުގައި ބުނެފައިވެއެވެ.

އަދި މި އިސްލާހުގައި ޤާނޫނުގައި ބުނެފައިވާ ބައެއް މުހުލަތުތައް ކުރުކުރަން ހުށަހަޅާފައިވެއެވެ. އެގޮތުން އިންތީޚާބު ބޭއްވުމުގެ 45 ދުވަސްކުރިން ވޯޓު ދޭ މީހުންގެ ލިސްޓު އާންމުކުރަންޖެހޭ އުޞޫލު ބަދަލުކޮށް އެ މުހުލަތު 30 ދުވަހަށް ކުރުކުރަން ޖެހެއެވެ. އަދި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު 10 ދުވަހުން 5 ދުވަހަށް ބަދަލުކުރަން ހުށަހަޅާފައެވެ.

އަދި އިންތިޚާބުގެ ނަތީޖާއާ ގުޅޭ ގޮތުން ހައިކޯޓަށް ހުށަހަޅާ މައްސަލަތައް ފައިސަލާކޮށް ނިންމަންޖެހޭ މުއްދަވަނީ 30 ދުވަހުން 15 ދުވަހަށް ބަދަލުކުރަން ހުށަހަޅާފައިވެއެވެ. މި އިސްލާހުތަކާމެދު މިރޭ ބަހުސްކުރާނެއެވެ. އަދި ކޮމިޓީއަށް ބިލު ފޮނުވުމާމެދު ގޮތެއް މިރޭ ނިންމާނެއެވެ.

މި ލިއުމާއި ގުޅޭ