Wednesday 27th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ޙައްޤު ގޮތުގައިވެސް ހުޅަނގަށް ފާޑުކިޔައިފިނަމަ ޓެރަރިސްޓަކަށްވޭ: މަހާތިރު

ޙައްޤު ގޮތުގައި ނަމަވެސް ހުޅަނގަށް ފާޑުކިޔައިފިނަމަ ޓެރަރިސްޓަކަށްވާނެ ކަމަށް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ.މަހާތީރު މުޙައްމަދު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ އެމެރިކާގެ ވެބްސައިޓެއްގައި އޭނާއަކީ ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓުކުރުމާ ގުޅިގެން ކުރެއްވި ސިލްސިލާ ޓުވީޓުތަކެއްގައެވެ. މަހާތީރު ވިދާޅުވީ އޭނާއަކީ ނުރައްކާތެރި ނިރުނބަވެރިންގެ ލިސްޓުގައި ހިމަނާފައިވާ ކަމަށެވެ. ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ އެ ވެބްސައިޓުގައި މަހާތިރަކީ ޚިޔާލުތަފާތުވަނިވި ޝަޚުޞިއްޔަތެއް ކަމަށާއި ޔަހޫދީންނާއި އެއްޖިންސުން ގުޅުންހިންގާ މީހުންނަށް އޭނާ ފާޑުވިދާޅުވާ ކަމަށް ބުނެފައިވެއެވެ.

އަދި އެއްވެސް އަނިޔާވެރި އަމަލަކާ ސީދާ ގޮތުން މަހާތިރާ ގުޅުމެއް ނެތް ނަމަވެސް، ހުޅަނގާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގުމަށް މަހާތިރު ތާއީދުކުރައްވާތީ ދުނިޔެއިން އޭނާގެ ރައުޔަތައް ކުއްވެރިކޮށްފައިވާ ކަމުގައިވެސް އެ ވެބްސައިޓުގައި ބުނެފައިވެއެވެ.

މަހާތިރު ވިދާޅުވީ ފަރަންސޭސި ރައީސް މެކްރޯން އިސްލާމްދީނާމެދު ދެއްކެވި ވާހަކައަށް އޭނާ ދެއްވި ރައްދުވެސް އެ ސައިޓުގައި އޭނާއަކީ ޓެރަރިސްޓެއް ކަމުގައި ހިމެނި ސަބަބުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އޭނާ ދައްކަވާފައިވާ ބައެއް ވާހަކަ އޮޅުވާލައިގެބް އޭގެ އަސްލު ގެއްލޭ ގޮތަށް އޭނާއަކީ ޓެރަރިޒަމަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށް ދައްކަން އުޅުފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޙައްޤު ގޮތުގައި ނަމަވެސް ހުޅަނގަށް ފާޑުކިޔުމަކީ ޓެރަރިސްޓަކަށްވެދާނެ ކަމެއްކަން އެއިން އެނގޭ ކަމަށެވެ. އަދި އެއްވެސް ކަމެއް ނުކުރިއަސް ޓެރަރިސްޓު ލަޤަބު ދޭ ކަމަށާއި، ޔަހޫދީންނަށް ކިތަންމެ ކުޑަކޮށް ފާޑުކިޔަސް ސާމީންނަށް ނަފުރަތުކުރާ މީހެއްގެ ލަޤަބު ދޭ ކަމުގައި މަހާތިރު ފާހަގަކުރެއްވިއެވެ.

އަދި އެމެރިކާގެ ކުރީގެ ރައީސް ބުޝްއާއި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ބްލެއާ ޢިރާޤަށް މުޅިން ދޮގު ތުހުމަތުތަކެއް އަޅުވައިގެން އެރި އެރުމުގެ ސަބަބުން 288،000 މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ މީހުންނަކީ އާންމުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އެ ދެ ލީޑަރުންނަކީ ހަރުކަށި ވިސްނުމުގެ ބައެއް ކަމުގައި އެއްވެސް ބަޔަކު ނުބުނާ ކަމަށް މަހާތިރު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ