Wednesday 27th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިޕްޓޮކަރަންސީ

ބިޓްކޮއިންގެ އަގު ދަށަށް: ކްރިޕްޓޮ ކަރަންސީގެ ބޫމާމެދު ޝައްކެއް

ބިޓްކޮއިނުގެ އަގު ބާޒާރުގައި ވެއްޓެން ފެށުމާއެކު ކްރިޕްޓޮ ކަރަންސީގެ އަގު އުފުލުނު އުފުލުމާމެދު ޝައްކު އުފެދެން ފަށައިފިއެވެ. މިއީ ފާއިތުވި އަހަރުގެ މާޗު މަހުގެ ފަހުން ބިޓްކޮއިނުގެ އަގު ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ބްލޫމްބާގުން އެއްކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ބިޓްކޮއިނުގެ އަގު 6.8 އިންސައްތަ ވެއްޓި 32،359 އެމެރިކާ ޑޮލަރަށްވަނީ ތިރިވެފައެވެ. ކްރިޕްޓޮކަރަންސީގެ ތާރީޚުގައި އެ ބާވަތުގެ ފައިސާއެއްގެ އަގު އެންމެ މައްޗަށް އެރީ ޖެނުއަރީގައި ބިޓްކޮއިނުގެ އަގު 42،000 އެމެރިކާ ޑޮލަރަށް އުފުލިގެންނެވެ.

ބިޓްކޮއިނުގެ އަގަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން 2017 ވަނަ އަހަރު ބިޓްކޮއިނުގެ އަގު ވަރަށް މައްޗަށް އުފުލުމަށްފަހު ކުއްލިއަކަށް ވެއްޓުނު ވެއްޓުމުގެ ހަނދާން އައުވެއެވެ. އަދި ޑޮލަރުގެ ބަލިކަށިކަމާއި އިންފްލޭޝަނުގެ ހިރާސްއަށް ބިޓްކޮއިނުގެ ސަބަބުން ހައްލެއް ލިބޭނެ ކަމުގައި ދެކެވޭ ދެކުމާމެދު އަގަށް އަންނަ ބަދަލާއެކު ޝައްކު އުފެދެން ފަށައިފިއެވެ.

އެސެޓެއްގެ އަގު ދެގުނައަށް ބޮޑުވާ ހިނދުގައި އެ އެސެޓެއްގެ އަގުން ފައިދާ ހޯދުމަކީ ހަމަ ވަރަށް ޠަބީޢީ ކަމެއް. އެއީ ކޮންމެ ބާވަތެއްގެ އެސެޓެއް ކަމުގައިވީ ނަމަވެސް ދެތިން ހަފުތާ ތެރޭގައި އެސެޓުގެ އަގު އުފުލުމުން އެއިން ފައިދާ ހޯދަން އުޅުމަކީ ވަރަށް އާދައިގެ ކަމެއް.
ސްޓޮކް ޗާޓްސްގެ ސީނިއާ ޓެކްނިކަލް އެނަލިސްޓު ޖޫލިއަސް ޑެ ކެމްޕެނައިރް

މާހިރުން ވިދާޅުވާ ގޮތުގައި ބިޓްކޮއިނުގެ އަގު ފާއިތުވި އަހަރުގައި އުފުލުމުގެ މައިގަނޑު އެއް ސަބަބަކީ އަވަހަށް ފައިދާ ހޯދުމުގެ ބޭނުމުގައި ބައެއް ފަރާތްތަކުން ބިޓްކޮއިނަށް އިންވެސްޓުކުރުމެވެ. އަދި އަގު ދަށަށް ދިއުމަށް މެދުވެރިވި އެއް ސަބަބަކީ ލިބޭ ފައިދާ ކުޑަވާން ފެށުމުން އިވެސްޓަރުން އިންވެސްޓުކުރުން ހުއްޓައިލުމެވެ.

ބިޓްކޮއިނަށް ދާއީމީ ގޮތެއްގައި މުއައްސަސީ ފެންވަރުގައި އިންވެސްޓުކުރާނެ އިންވެސްޓަރުން ލިބިފައި، އަގަށް އަންނަ ބަދަލުތައް ހުއްޓި އަގު އިސްތިޤުރާރުވެ ހަމަޖެހިއްޖެނަމަ ބިޓްކޮއިނުގެ ދިގުރާސްތާ އަގު 146،000 ޑޮލަރަށް އަރައި ރަނާ ވާދަކުރާ އެސެޓަކަށްވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ބްލޫމްބާގުން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ